ގޭތެރެ ޑިސްއިންފެކްޓް ކުރަން ބްލީޗް ބޭނުންކުރަނީ ރަގަޅަށްތަ؟

The U.S. Centers for Disease Control and Prevention recommends daily cleaning and disinfection of frequently touched surfaces including doorknobs, light switches and more with a disinfection spray and disposable wipes. (iStock)
The U.S. Centers for Disease Control and Prevention recommends daily cleaning and disinfection of frequently touched surfaces including doorknobs, light switches and more with a disinfection spray and disposable wipes. (iStock)

ތަފާތު ވައިރަސްތަކުން ރައްކާތެރި ވުމުގެ ގޮތުން އެޅޭ އެންމެ މުހިންމު އެއްފިޔަވަޅަކީ ގޭތެރެ އަދި ގޭތެރޭގައި ބޭނުންކުރާ ތަކެތި ޑިސްއިންފެކްޓު ކުރުމެވެ.

ބްލީޗް އަކީ ގޭތެރެ ޑިސްއިންފެކްޓުކުރުމަށް ބޭނުންކުރަން ސެންޓަރ ފޮ ޑިޒީސް ކޮންޓްރޯލް -ސީޑީސީ އިން ލަފާދެއްވާ އެކެއްޗެވެ. އަދި ބްލީޗް ބޭނުންކުރަންވީ ރަނގަޅުގޮތް ސީޑީސީއިންވަނީ ކަނޑައަޅުއްވާފައެވެ.

ބްލީޗްފަދަ ބާރުގަދަ ކެމިކަލް ތައް ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ. އެހެންކަމުން ބްލީޗް ބޭނުންކުރާއިރު ރައްކާތެރިކވުމުގެ ގޮތުން

  • ގައިގެ ހަންގަނޑު އަދި ލޯ ކެމިކަލް އިން ރައްކާތެރިކުރުމަށް އަނގި އަދި ލޮލުގައަޅާ ގޮގުލް ބޭނުންކުރުން.
  • ވެންޓިލޭޝަން ރަގަޅުތަނެއްގައި ކެމިކަލް ބޭނުންކުރުން
  • ފުޅީގެ ބޭރުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ކެމިކަލް ބޭނުންކުރުން
  • ތަފާތު އެކި ކެމިކަލް އެއްނުކުރުން
  • ރޫމް ޓެމްޕަރޭޗަރގައި ހުންނަ ފެން ކެމިކަލްއާއި އެކު ބޭނުންކުރުން
  • ރައްކާތެރތަނެއްގައި ކެމިކަލް ރައްކާކުރުން

ބްލީޗް ފަދަ ކެމިކަލް ބައްލަވާގަންނައިރު ބްލީޗް އަކީ ޑިސްއިންފެކްޓްކުރަން ބޭނުންކުރާ ބްލީޗްއެއްތޯ ފުޅީގެ ބޭރުގައި ޖަހާފައިވޭތޯ ބަލަންވާނެއެވެ. އަދި ބްލީޗްގައި %6 ނުވަތަ %5 ގެމިންވަރަކަށް ސޯޑިއަމް ހައިޑްރޮކްލޮރައިޑް އެކުލެވިގެންވޭތޯވެސް ބަލަންވާނެއެވެ. މީގެއިތުރުން މުއްދަތު ހަމަވާ ތާރީޚް ބެލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

އާންމުކޮށް ގޭގައި ހެދުމުން ލައްފިލުވަން ބޭނުންކުރާ ބްލީޗްއަކީ ޑިސްއިންފެކްޓުކުރަން އެންމެ ރަނގަޅު ބްލީޗްއަށް ނުވެދާނެއެވެ. އެހެންކަމުން ފުޅީގެ ބޭރު ރަނގަޅަށް ކިއުމަށްފަހު ނޫނީ ބްލީޗް ބައްލަވައި ނުގަންނަވާށެވެ. ތަންތަން ސާފުކުރުމަށް ބްލީޗް ބޭނުން ކުރައްވަންވާނީ ފެނުގެ ތެރެއަށް އެފެނާއި އެކަށީގެންވާ މިންވަރަށް ބްލީޗް އެޅުމަށްފަހުއެވެ. މިގޮތަށް ތައްޔާރުކުރާ ބްލީޗް ފެން އެޅުމަށްފަހު 1 މިނެޓްވަރު ބަހައްޓާލަން ޖެހޭނެއެވެ. އަދި މިފެން 24 ގަޑިއިރު ވަންދެން ބޭނުންކުރެވޭނެއެވެ.

ބްލީޗް ސޮލިއުޝަން ތައްޔާރުކުރާނެ ގޮތް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *