މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުށްޓަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެރަށުގެ ބައެއް ގެތަކަށް ފެންވަނުމުގެ އިތުރުން އެރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ

އެ ރަށުގައި ފެންބޮޑުވުމާއި ގުޅިގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ކުރަމުން އަންނަކަން ހާމަކުރައްވާ އެ ފަރާތުން މިއަދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހދ.ކުޅުދުއްޓަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ އަދި ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ފެން ހިއްކުމާއި، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad
rt

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖުމަލް ހަތަރު ގެޔަކަށް ފެންވަދެފައިވާ އިރު ގިނަ އަދަދެއްގެ މަގުތަކުގެއި ވަނީ ފެން ބޮޑުވެފައެވެ. އަދި ފެންވަނުމާއި ގުޅިގެން ލިބުނު ގެއްލުންތައް އެރަށު ކައުންސިލުން މިހާރު ބަލަމުންދާ ކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

މޫސުން ގޯސްވުމާއެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ޔެލޯ އެލާޓް ނެރެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުތުރަށްވެސް އެލާޓް ނެރެމުންދާއިރު، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ދެމެދުގެ ސަރަހައްދުގެ ރަށްތަކަށް، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ވެސް މިއަދު ނެރިފައެވެ.