•  
  •  
  •  
  •  
  •  
  •  
  •  

ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކުރަމުންދާ ކަމަށެވެ.

އެ ގެ ބަލާ ފާސްކުރަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްޞީލް އަދި ހާމަ ކުރަށްވާފައެއް ނުވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ޞާލިޙަށާއި، ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާތީ ރައީސް ޞާލިޙް، ޢަލީ ވަޙީދަށް އިސްތިއުފާ ދޭން އެންގެވީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ވަނީ އެ ދުވަހު ވިދާޅުވެފައެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު 10 އަކަށް ވުރެން ގިނަކަމަށް ވަނީ ޚަބަރުތައް ފެތުރިފައެވެ.

ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސް އަންގަވާފައި ވީނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު ވަކިކުރެއްވީ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ