ރާޅު އަރާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

E6A883F0-E4DB-40F3-B714-611C4F08DC90

ކ. އަތޮޅުން  އައްޑޫ ސިޓީ އަށް ރާޅު އަރާފާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ރީނދޫ ސަމާލް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ ކ. އަތޮޅުން  އައްޑޫ ސިޓީ އަށް މިރޭގެ 19:30 އާއި ހަމައަށް އެ ސަރަޙައްދަށް ބޯކޮށް އުދައިގެ ރާޅު އަރާފާނެ ކަމަށް ލަފާކޮށްފައެވެ.

މެޓު އޮފީހުން ވަނީ މިއަދު ކ. އަތޮޅުން އައްޑޫ ސިޓީއަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަމަށްވެސް ކުރިން ބުނެފައެވެ. މިދުވަސްވަރު އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ، އެކި ރަށްރަށަަށް ރާޅު އެރުމުގެ ހާދިސާއާއި ކުރިމަތިވަމުންނެވެ. މިގޮތުން މިއަދުވެސް ވަނީ އައްޑޫ ސިޓީގެ މަރަދޫއަށް ވަރަށް ބޮޑަށް ރާޅު އަރާފައެވެ. އަދި ލ. މާވަށަށް ހަތަރު ފޫޓުގެ ރާޅެއް އަރައި އެރަށުގައި ވަނީ ފެން ބޮޑުވެ، އެރަށުގެ 100 ވަރަކަށް ގެއަށް ވަނީ ގެއްލުން ވެފައެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެން ވެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ. ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވިފައިވާއިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *