•  
  •  
  •  
  •  
  •  
  •  
  •  

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނަން ހާމަ ކުރަން ބޭނުންނުވާ ފަރާތަކުން “ތިލަދުން” އަށް ޔަޤީންކޮށްދީފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާއަކީ މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ ޒުވާނެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ދިޔަކަމަށާއި ހޯމްކަރަންޓީނުގައި އެމީހާއާއި އެކު ތިބީ ދެމީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޕޮޒިޓިވްވެފައިވާ މީހާއަކީ އެރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ރަށުގައި އުޅުމަށްފަހު ބޭސްފަރުވާއަށް މާލެއައިސް އައިޖީއެމްއެޗް އިން އެމީހާ ފަރުވާހޯދާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދެމުން ބުނެފައިވަނީ އެމީހާ އެރަށް އައިސްފައިވަނީ ކުޅުދުއްފުށި މަގުންކަމަށެވެ. އެދުވަހު ނޮޅިވަރަމަށް 3 މީހުން ދިޔަކަމަށް ބުނެފައިވެއެވެ. މާލެއިން ރަށްރަށް މީހުން ކަރަންޓީންއަށް ދާނަމަ ގިނަ ރަށްރަށުގައި އަންނަނީ ކަރަންޓީނު ކުރެވޭ ގެތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް އިޢުލާން ކުރަމުންނެވެ. ނޮޅިވަރަމް ކައުންސިލްގެ އިދާރާއިން މިމަހުގެ 6 ވަނަ ދުވަހު އެރަށަށް މާލެއިން ދިޔަ ބަޔަކު ކަރަންޓީނު ކުރެވުނުކަމުގެ އިޢުލާންއެއް މީސްމީޑީޔާގައި ހިއްސާކުރެވިފައެއް ނުވެއެވެ. ނަމަވެސް އެރަށަށް މިދިޔަ މަހުބަޔަކު ގޮސް ކަރަންޓީނުވެފައިވާގެތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) ގެ ބަހެއް މިކަމުގައި އަދި ލިބޭގޮތެއް ނުވެއެވެ.

ރާއްޖެއިން އިއްޔެ 16 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު 22 މީހުން ބަލިން ރަނގަޅުވެ މިބަލީން ޝިފާލިބުނު މީހުންގެ އަދަދުމިވަނީ 2180 އަށް އިތުރުވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 124 ދުވަސްވެފައިވާއެރު، އިއްޔެވެސް މިބަލީގައި ރާއްޖެއިންވަނީ މީހަކު ނިޔާވެފައެވެ.

އިއްޔެ 70 އަހަރުގެ ދިވެހި އަންހެނަކު ނިޔާވުމާއެކު ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި މީހުންގެ އަދަދުވަނީ 13އަށް އަރާފައެވެ. މިބަލީގައި މިހާރު 319 މީހުންނަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައިތިބީ 267 މީހުންނެވެ. ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް 58583 ސާމްޕަލްވަނީ ނަގާފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ