ކޯވިޑް-19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަނދަށް ލުއިދިނުމަށް ނިންމެވުމާއި (ތިން ވަނަ މަރުހަލާ) ގުޅިގެން ވެމްކޯގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.

މި ބަދަލުތަކަށް ވެމްކޯއިން އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންކަމަށް އެކުންފުނިން ހާމަކުރެއެވެ.

Ad
rt

ވެމްކޯއިން އަލަށް ގެންނަ ބަދަލާއެކު ވެމްކޯގެ ތިލަފުށި ސައިޓު ފިޔަވައި އެހެން ހުރިހާ ސައިޓުތަކުން (މާލެ، ވިލިމާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ރ. ވަންދޫ) ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ޚިދުމަތް ދޭން ފަށާނީ ހެނދުނު 8:00ގަ އެވެ. ތިލަފުށި ސައިޓުގެ ހިދުމަތްތައް ފަށާނީ ހެނދުނު 8:30ގަ އެވެ.

ވެމްކޯއިން ވަނީ ޚިދުމަތް ހޯދާ ކަސްޓަމަރުން މި ބަދަލުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666އަށް ގުޅުމުން ލިބޭނެ އެވެ. ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށްކަމަށް އެކުންފުނިން ބުނެފައިވެއެވެ.