އެއްޖިންސުން ގުޅުން ހިނގާބަޔަކު އުޅޭތީ ހދ. މަކުނުދޫގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
އެރަށުގައި މުޒާހަރާ ކުރަން ފަށާފައިވަނީ މިއަދު ހަވީރު 4 ފެށިގެންކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. އެފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވޭ 3 ގެއެއްގެ ކައިރީގައެވެ.
މީގެ ހަފްތާއެއް ކުރިން ކުޅުދުއްފުށީ ބަޔަކު އެރަށަށް އައިސް ކުއްޔައްދޭ ގެޔެއްގެތެރޭގައި ޕާޓީ ކޮށް މިފަދަ އަމަލު ތަކެއް ކޮށްފައިވާކަމުގެ އަޑުތަކެއް އެރަށުގައި ވަނީ ފެތުރިފައެވެ. މިކަމާއި އެރަށު ބަޔަކު ހިތްހަމަ ނުޖެހިގެން އެ ގެޔަށް ކަޅުތެޔޮ ޖެހިކަމަށްވެސް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.
މުޒާހަރާ ފެށީ 4 ޖެހިއިރު، މިއަދު އެންމެ ފުރަތަމަ ރައްޔިތުން ނިކުމެ ދިއައީ މިރަށުގައި އެންމެ ގަދަޔަށް އެކަންކުރާކަމަށް ތުޙުމަތުކުރާގެއަށް، އެސަރަހައްދުގައި ތިބުމަށްފަހު މިހާރު ރައްޔިތުން އެއްވެފައިވަނީ އެކަން ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު އުޅޭ އެހެން ގެއެއްގެ ދަށަށް، މިކަން ހުއްޓާލާމީ މިކަން ކުރާ ބަޔަކު ހައްޔަރުކޮށް މިރަށުން ބޭލުމުން
މުޒާހަރާގެ ބައިވެރިއަކު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިކަންކަމުގައި އެމީހުން ނާއި ބައިވެރިވެގެން އުޅޭ ބޭރުމީހަކުވެސް މި ގުރޫޕުގައި އުޅޭކަމަށެވެ. އެމީހާ އަކީ ރިސޯޓެއްގައި އުޅުމަށްފަހު އެރަށަށް ގޮސްފައިވާ މީހެއްކަމަށް ބުނެއެވެ. މިގުރޫޕުން އެއްޖިންސުން ގުޅުންހިންގާ ކަމުގެ ވީޑިއޯއެއްވެސް ލީކުވެފައިވާކަމަށާއި މި ވީޑިއީ މިހާރު ފުލުހުންނަށްވެސް ހުށައަޅާފައިވާކަމަށް އެފަރާތުން ބުނެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް މުޒާހަރާ ރޫޅާލުމަށް ފުލުހުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ މިމީހުން ރަށުން ބޭލުމުން ނޫނީ މުޒާހަރާ ހުއްޓާނުލާނެކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!