ށ މަރޮށީގެ ކައުންސިލް ގެ ފަރާތުން މަރޮށީގައި މީހުން ދިރިއުޅޭ ކޮންމެ ގެެއަކަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ.
މިއީ ކައުންސިލްގެ ފަރާތުން ހިންގާ ވޭސްޓްމެނޭޖްމަންޓް ޕްރޮގުރާމުގެ ދަށުން އެރަށުގެ ކޮންމެ ގޭބީސީއަކަށް ހަވާލުކުރެވުނު ތަކެތި ކަމަށް މަރޮށި ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވެއެވެ.
މި ޑަސްބިންތައް ގެތަކުގެ ވެރިފަރާތާއި މިދިޔަ އާދީއްތަ ދުވަހު ވަނީ ހަވާލުކޮށް ނިންމާފައެވެ. މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ހަވާލުކުރެވުނު ޑަސްބިންތައް މަރޮއްޓަށް ގެނެސްފައިވަނީ މެއި މަހު 23 ވަނަ ދުވަހުއެވެ.
މީގެ އިތުރުން މަރޮށީ ކައުންސިލުން އަންނަނީ ކުނި އުކާލުމުގެ ޚިދުމަތްވެސް ދެމުންނެވެ. ކޯވިޑް19 އާއި ގުޅިގެން މޭ މަހާއި ޖޫން މަހުގެ ކުނި އުފުލުމުގެ ފީ -/75 އަށްވަނީ ކުޑަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!