ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަޔަރލޭންޑުގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ އާއި ކޯވިޑު-19 އާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

n2272826191726191.jpegރައީސް ސޯލިހް ބޮޑުވަޒީރު ލިއޯ އާއި މަޝްވަރާ ކުރެއްވީ މިއަދު މެންދުރުފަހުން ފޯނުންނެވެ. އަދި ރާޢްޖޭގެ ހާލަތު ހިއްސާ ކުރައްވައި، މިހާރު ރާއްޖޭގައި މަރުވި މީހުންގެ އަދަދާއި ބަލި ޖެހުނު މީހުންގެ އަދަދުގެ ތަފްސީލު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަލިން ފަސޭހަވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ނިޞްބަތްވެސް މަދުވަމުން އަންނާތީ، ދެން ކުރިޔަށް އޮތް މަރުޙަލާތަކުގައި އެންމެ އިސްކަންދެއްވައިގެން ކުރިޔަށްގެންދިއުމަށް ރާއްވަވާފައިވާ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

Ad
rt

އެގޮތުން ދެން އޮތް މަރުޙަލާތަކުގައި އޮތީ އިޤްތިޞާދީ ޙަރަކާތްތަކަށް ހުޅުވާލުމާއި، ބޯޑަރު އަލުން ހުޅުވާލުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލައި މި ބަލީގެ މައްޗަށް ކާމިޔާބު ހޯދައި ކުރިޔަށްދިއުން ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން މިބަލިން އަރައިގަނެ ކުރިޔަށްދާން މަސައްކަތްކުރާއިރު، ޚާއްޞަކޮށް ދަރަނި މަޢާފުކޮށްދިނުންފަދަ ކަންކަމަކީ މި ބަލިން އަރައިގަތުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ފޯނުން ގުޅުއްވައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އެގޮތުން ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެޤައުމުން އެއްބާރުލުން އިތުރުކޮށް ގުޅުންބަދަހި ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން މީގެ ކުރިންވެސް ބައެއް ޤައުމުތަކުގެ ވެރިންނާއި ރައީސް ސޯލިހް ފޯނުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.