އެސްޓީއޯ މެޑިކަލް ސާރވިސް މެދުވެރިކޮށް މިއަދާއިހަމައަށް ރާއްޖެއިން ބޭރުން 2507 ބޭސްސިޓީއަކަށް ބޭސް ގެނެސްދީފައިވާކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރ، (އެންއީއޯސީ) އިން ބުނެފިއެވެ.

ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެކިކަހަލަ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމަށް އެސްޓީއޯއިން މަސައްކަތް ކުރާކަމަށާއި މިމަސައްކަތުގެ ދަށުން މިހާތަނަށް 2507 ބޭސް ސިޓީއަކަށް ބޭސް ގެނެސްދެވިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާކަމަށެވެ.

Ad
rt

ކޯވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ބޭރުގެ ފްލައިޓްތަކާއި، ފޯސްޓް ފަދަ ހިދުމަތްތައް ހުއްޓާލާފައިވާ މިދަނޑިވަޅުގައި ރާއްޖެއިން ނުލިބޭ ބޭސް ގެނައުމަށް އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯ މެޑިކަލްސްއިން ދަނީ ބޭރުން ބޭސް ގެނެސްދިނުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބޭރުން ބޭސް ގެނެސްދިނުމުގައި އެސްޓީއޯއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިކަމަށް އެދޭއިރު ޤަވައިދުތަކާ ހިލާފަށް އެދިފައި ހުރުން، މިގޮތުން ޤަވައިދާ ހިލާފަށް އެދޭ ބޭސްތައް ބޭރުން ނުގެނެސްދެވޭނެކަން ބޭސް ގެންނަން އެދޭ ފަރާތްތަކަށް އަންގާފައިވާކަމަށް އެސްޓީއޯއިން ބުނޭ

އެސްޓީއޯއާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މިހިދުމަތް އެސްޓީއޯ އޮންލައިން ޕޯޓަލް https://www.sto.mv/Online/Prescriptions މެދުވެރިކޮށް ދަނީ ދެމުންނެވެ. ނަމަވެސް މިހިދުމަތައް އެދޭއިރު، މިކަމަށް ބޭނުންވާ ލިޔެކިއުމާއި، ފޯމް ފުރުމުގައި ސަމާލުވުމަށް އެސްޓީއޯއިން ދަނީ ތަކުރާރުކޮށް ހަދުމަކޮށްދެމުންނެވެ.