ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުން ހއ. ކެލާއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެއެޖެއެވެ.
ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން "ތިލަދުން" އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އިއްޔެ ސުރެ އެރަށަށް ވެހެން ފެށިވާރޭ އަދިވެސް ދޭތެރެ ދޭތެރެއިން ވެހެމުން ދާ ކަމަށެވެ.
ގުފްރާން ވިދާޅުވީ ފެން ވަދެފައި ވަނީ އެރަށުގެ ދެ ގެއަކަށް ކަމަށާއި، 10 ވަރަކަށް ގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖައްސާފައި ވާނޭ ކަމަށެވެ. އެރަށުގެ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގުފްރާން ވިދާޅުވިއެވެ.

އެރަށުގައި ފެން ބޮޑުވެފައިވާ ސަރަޙައްދު ތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ކެލާ ކައުންސިލާއި، ކެލާ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ކެލާގައި ތިއްބަވާ ފުލުހުންނާއި އަދި ކެލާގެ ޒުވާނުންނާއި ރައްޔިތުން ގުޅިގެން ކަމަށްވެސް ގުފްރާން ވިދާޅުވިއެވެ.
HA.Kelaa ah mihaaru kuramun dhaa vissaaraiga maguthakugai varah bodah fenboduve geygeyah fen vannamun dhaathy, fen hikkumuge masakkathugai Kelaa Council aai gulhigen #KelaaPolice dhany harakaaiytheri vamun. pic.twitter.com/jrxTKKtSbd
— Maldives Police (@PoliceMv) May 30, 2020
އިއްޔެއިން ސުރެ ކުރަމުންދާ ވިއްސާރާގައި އުތުރުގެ ބައެއް ރަށްރަށުގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ވަނީ ފެން ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!