މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ މެންދަމު ބާރައިން ފެށިގެން މިރޭ 21:00 ނިޔަލަށް، ހދ. ހަނިމާދޫއަށް 153 މިލިމީޓަރުގެ ވާރޭ ވެހިއްޖެއެވެ.

ހަނިމާދުއަށް ބޯކޮށް ވެހެމުންއައި ވާރޭގެސަބަބުން އެރަށުގެ ބައެއް ސަރައްހައްދުތަކަށް ފެންބޮޑުވެ އަދި ބައެއް ގޯތި ތެރެއަށްވަނީ ފެންގަޑު ވަދެފައެވެ.

Ad
rt

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފައިވާ ގޮތުގައި 12 ގެއަކަށް ފެންވަނުމާއި ގުޅިގެން މިހާތަނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެއިތުރުން ހަނިމާދޫ ކައުންސިލާއި، އެމްޓީސީސީ އަދި އާއްމުން ގުޅިގެން އެ ގެތަކަށް ފެންވަނަ ނުދިނުމަށް ގެތަކުގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ރަށުގެ ބައެއް މަގުތަކުގައި މިހާރުވަނީ ވަރަށް ބޮޑަށް ފެންހެދި މަގުތައް ބޭނުން ކުރުމަށް ދަތިވާހިސާބަށް ގޮސްފައިކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

n

މޫސުން ގޯސްވާނެ ކަން ބަޔާންކޮށް ރާއްޖޭގެ ޤައުމީ މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯކްޑިވްސް މީޓިއޮރޮލޮޖީ ސާރވިސް އިން އާންމުކޮށްފައިވާ އޮރެންޖު އެލާރޓް މިހާރުވަނީ ޔެލޯ އެލާރޓަށް ބަދަލު ކޮށްފައެވެ. މިއީ ހއ ން ށ އަށް ނެރެފައިވާ ސަމާލެކެވެ

ވިއްސާރައިގެ ސަބަބުން ދިމާވަމުންދާ ކަންކަމަށް ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންްގެ ތެރެއިން އެހީތެތިކަން ބޭނުންވާ މީހުން، ހަނިމާދޫ ޕޮލިސްސްޓޭޝަން ފޯން ނަންބަރ 9790077 އާއި ގުޅުންވައިގެން އެހީތެރިކަން ހޯދެއްވުމަށް އެފާރާތުންއެދޭކަމަށާއި، އަދި ވެލިގޯނި ޖެހުމަށް ހުސްގޯނި ބޭނުންވާތީ ގޯނިހުރި ފަރާތްތަކުން އެމަޢުލޫމާތު ހިއްސާ ކުރެއްވުމަށްވެސް ހަނިމާދޫ ޕޮލިހުން އެދޭކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ހަނިމާދޫއަށް ކުރަމުން ދާ ވިއްސާރައާއި ގުޅޭގޮތުން ހަނިމާދޫ، ތޮލްހަތު މޫސާ މައުލޫމާތުދިން ގޮތުގައި އެރަށަށް ކުރަމުންދާ ވިއްސާރާގައި ހަނިމާދޫ އިންޖީނުގޭގެ ކޮންޓުރޯލް ރޫމުގައިވެސް ވަނީ ފެންބޮޑުވެފައެވެ.

އިންޖީނުގެއާއި ހަވާލާދީ ތޮލްހަތު ބުނީ އެ އިންޖީނުގޭ ކޮންޓުރޯލް ރޫމުގައި ފެންބޮޑުވާން މެދުވެރިވި ސަބަބަކީ ބޯކޮށްވާރެވެހި އިންޖީނުގެ ހުންނަ މަގުގައި ފެންގަނޑުބޮޑުވެ، އިންޖިނުގޭގެ ގޯތިތެރެއަށް ފެންވަދެ، ކޭބަލު ވެއްދުމަށް ހަދާފައިވާ ކާނުގަނޑަށް ފެންއެޅި ފުރިގެންނެވެ. ދެޕަންޕު ޖައްސައިގެން މިވަގުތަށްވަނީ ކޮންޓުރޯލުރޫމުން ފެންގަޑު ހިންދާލެއްވިފައެވެ.

މީގެ އިތުރުން ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ނަރުދަމާ ނިޒާމަށް ފެންއެޅި، އެރަށު އުނބުށޭމު ހިގުމުގައިހުރި ނަރުދަމާ ފެން ޕަންޕުސްޓޭޝަނަށް ބާރުބޮޑުވެ، އެތަނުގައިހުރި ދެ ޕަންޕު ފުލް ލޯޑުގައި ހިގާތާ 4 ގަޑި އިރަށް ވުރެއް ގިނައިރު ވެއްޖެ ކަމަށް އިންޖީނުގެއާއި ހަވާލާދީ ތޮލްހަތު ބުންޏެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި އުތުރުގެ ގިނަ ރަށްތަކަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.