ޢީދުގެ މުނާސަބަތުގައި އުރީދޫއިން ޚާއްޞަ ހަދިޔާއެއް

photo_2020-05-24_09-44-32

މިއަދު ފާހަގަ ކުރަމުން މިދާ ފިޠުރު ޢީދުގެ މުނާސަބަތުގައި، އުރީދޫއިން ކަސްޓަމަރުންނަށް ޚާއްޞަ ފުރުޞަތެއް ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ މިއީ ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނާ ހިއްސާކޮށްލުމަަަަށް ފަހިކޮށްދިނުމަށް ހުޅުވާލެވުނު ޚާއްޞަ ފުރުޞަތެއް ކަމަށެވެ.

މި އޮފާގައި ކަސްޓަމަރުންނަށް "މަގޭ ޕްލޭން" މެދުވެރިކޮށް ތިން ދުވަހުގެ މުއްދަތަށް ތިން ޖީބީ ޑޭޓާ 75ރ. އަށް ގަނެވޭނެ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖަރު ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މިއީ އުރީދޫން ދިން އީދު ހަދިޔާއެއް ކަމަށެވެ.

" އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ޢީދު ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން" ނޫރާ ވިދާޅުވި އެވެ.

ފިޠުރު ޢީދުގައި މި ހުޅުވާލި ޚާއްޞަ ފުރުޞަތުގެ މަގުސަދަކީ ގޭގައި ތިބެގެންވެސް ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އޫރިދޫއިން ބުންޏެވެ.

މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

1. އުރީދޫ އެޕަށް ލޮގިން ކޮށްލައްވާ

http://ore.do/app .2 އެޕްގެ ސެލްފް ކެއަރ ސެކްޝަނުން ބޭނުންވާ ޕެކޭޖް އިޚްތިޔާރު ކުރައްވާ

3. ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިޚްތިޔާރު ކުރައްވާ, ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ޚިޔާރުކުރައްވާ

4. Eid Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ

5. CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ މި އޮފާ މި މަހުގެ 26 ގެ ނިޔަލަށް އުރީދޫ އެޕް މެދުވެރިކޮށް ގަނެވޭނެ އެވެ.

ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ވަނީ ފޯރުކޮށްދީފައެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ބީ އެޗް އެމް ފިހާރައިން 245/- ދިނީމަ ހާއްސަ ހަދިޔާ އަކަށް ކިރު ދަޅެއް ދެޔޯ އަބަދު ވެސް
    ކުރީގަ އަހަރުމެން އަޑު އަހަނީ ހަދިއާ އެއީ ދޭ އެއްޗެއްގެ ގޮތުގަ ، ހަދިއާ އެއީ ވިއްކާ އެއްޗެއްގެ ގޮތުގަ އަދި މި އަޑު އެހީ އެއީ ހަދިއާ ޑިޖިޓަލް ވީމަ ބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި