ކޯވިޑް-19: ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1274 އަށް

IMG-f45b4d6bd7a874b89cc6bf5c08552099-V

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 58 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1274 އަށް އިތުރު ވެފައެވެ.

އެޗްޕީއޭއިން ބުނީ މިއަދުގެ މިރޭ 7:00 އާއި ހަމައަށް އިތުރު 58 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 58 މީހުން ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގްލަދޭޝްގެ 39 މީހުންނާއި، އަދި އިންޑިއާ މީހެއް ކަމަށެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 104 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *