ށ.ފުނަދޫ ރައްޔިތުންގެ ފަރާތުން ށ.ނަރުދޫގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
ފުނަދޫ އިން މި ނޫހަށް މައުލޫމާތު ދެއްވި މީހަކު ވިދާޅުވީ މިއީ މުޅި ނަރުދޫއައް ފޯރުކޮށްދެއްވައިފައި އެހީތެރިކަމެއް ކަމަށެވެ. އަދި މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯފެން، ކަނޑުމަސް، މަސްދަޅު، ނޫޑުލްސް އަދި ޕާން ފަދަ ތަކެއްޗާއި މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ބްލިޗް އާއި އޯމޯ ފަދަތަކެތި ހިމެނެއެވެ.
"މި އެހީތެރިކަމަކީ ފުނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް.މި އެހީތެރިކަން އަޅުގަނޑު މެންވާނި އެރަށާއި ހަވާލުކޮށް ނަރުދޫގެ މީހުން ދިރިއުޅޭ 85 ގެއައް މި ޕެކޭޖް ފޯރުކޮށްދޭން ވާނީ ނިންމާފަ"
ފުނަދޫ (އެސްއެސްޑީ)ގެ އޮފިޝަލް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ނަރުދޫއިން ވަނީ 11 މީހަކު ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި މީހުންނާއި އެމީހުންނާއި ކޮންޓެކްޓްވި ފަރާތްތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!