ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ކާވިޔާ ބޯޓުން ދަތުރުކުރި 35 މީހެއްގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެ ކަމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޮވިޑް 19 އަށް އިހަވަންދޫއިން ޓެސްޓްކުރި އެންމެންގެ ނަތީޖާ ނައްސި ވެއްޖެކަމަށެވެ.
އިހަވަންދޫ ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ދެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު މާދަމާ ރައްޔިތުންނާ ހިއްސާ ކުރެވޭނެ.
އެކައުންސިލްގެ އެންގުމުގައި އިތުރަށް ބުނެފައިވެއެވެ.
އިހަވަންދޫ އިން 35 މީހެއްގެ ސާމްޕަލް ނަގާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. އެ 35 މީހުންގެ ތެރޭގައި ކާވިޔާ ބޯޓުން ދަތުރު ކުރި އެރަށަށް ނިސްބަތްވާ އެންމެންނާއި ކުޅުދުއްފުށީ ސީ ކްއީން ބޯޓުން ދަތުރު ކުރި އެރަށު ބައެއް ހިމެނެއެވެ.
އިހަވަންދޫ ކާވިޔާ ބޯޓަކީ، ހއ. އުލިގަމުން ކޯވިޑަށް ފައްސިވި މީހާ ދަތުރުކުރި ބޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!