ހދ. ކުމުންދޫ ރައްޔިތުން ގޭގައި ތިއްބެވުމަށާއި، ރެޔާ ދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ކުމުންދޫގެ ރައްޔިތުންނައް ބޭނުންވާ ކާޑާއި ގޭސް އަދި އެހެނިހެން އަސާސީ ތަކެތި ގަތުމައް ދޯންޏެއް މާލެ ފޮނުވުމައް 21 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ދޯނި މާލެއަށް ކުރާ ދަތުރުގެ ތެލުގެ ޚަރަދު ކައުންސިލުން ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް ކުމުންދޫ ކައުންސިލުން ބުނެފައި ވެއެވެ.

" ރައްޔިތުން ގޭގައި ތިއްބަވާ، ރެއާއި ދުވާލު އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ޚިދުމަތުގައި" = ކުމުންދޫ ކައުންސިލް =

އެ ޕޯސްޓްގައި އެކައުންސިލުން އިތުރަށް ބުނެފައި ވަނީ އެ ރަށުގެ ސޯސަލް ސަޕޯޓް ޑެސްކް މަސައްކަތް ކުރިޔައްދާނެ ކަމަށާއި މަސްވެރިން މަހައްފުރުމުގެ ކުރިން ސޯސަލް ސަޕޯޓް ޑެސްކް ނަމްބަރު 7579992 އައް އަންގަވައި ދެއްވުމަށް އެދޭކަމަށެވެ. އަދި ދަނޑުވެރިން ދަނޑު ހެއްދުމުގައި ކުރިއަށް ދިޔުމަށްވެސް އެ ޕޯސްޓްގައި އެދިފައި ވެއެވެ.

ކުމުންދޫ ކައުންސިލުން ވަނީ މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ހދ. ކުމުންދޫއަށް ގޮސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް އެދި އޭޕްރިލް 15 ވަނަ ދުވަހު އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން އެކައުން ސިލުންވަނީ ކޯވިޑް-19 ރޯގާއާއި ގުޅިގެން ރަށުން ބޭރުގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް ކުރެވޭ ސާރވޭއެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ކޯވިޑް-19 އަށް ރައްކާތެރިވުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައެވެ.