ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އާންމުކޮށް ޢިއުލާން ކޮށްފިއެވެ.
ދިއްދޫ ކައުންސިލުން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެގޮތުން ހއ. ދިއްދޫ ކޮވިޑް ޓާސްކް ފޯސް ގެ ލަފާގެ މަތިން 20 އެޕްރީލް 2020 (މިއަދު) އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށެވެ.
ދިއްދޫ ކައުންސިލުން އަޅަން ނިންމި ފިޔަވަޅުތައް
1- ދިއްދޫގެ ފިހާރަތައް ހެދުނު 8 ން މެންދުރުފަހު 3 އަށް ހުޅުވާފައި ބެހެއްޓުމާއި އެނޫން ގަޑިތަކުގައި ބަންދުކުރުން.
2- ހޮޓާ ރެސްޓޯރެންޓް ކެފޭ އަދި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތައް މިރޭ 12:00 އިން ފެށިގެން ބަންދުކުރުން.
3- ފިހާރަތަކާއި ހޮޓާ ނުވަތަ ކެއިންބުއިމުގެ ޚިދުމަތްދޭ ފަރާތްތަކުން ޑެލިވަރީކޮށްދެވޭނަމަ ދިއްދޫ ކައުންސިލުގައި
ރަޖިސްޓްރީކުރުމަށްފަހު އެ ޚިދުމަތް ފޯރުކޮށްދިނުން.
4- ވަދު މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ދިއްދޫ ކައުންސިލްގައި ރަޖިސްޓްރީކޮށް އެކަމުގެ ހުއްދަ ހޯދުން.
5- ކައިރި ރަށްރަށުން ކާބޯތަކެތި ދިއްދޫއަށް ގެންނަ ފަރާތްތަކުން ދިއްދޫ ކައުންސިލްގައި ރަޖިސްޓްރީކޮށް އެކަމުގެ
ހުއްދަ ހޯދުން
ކޮވިޑް-19 އާއި ގުޅިގެން އަޅާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެކިއެކި ބޭނުންތަކުގައި ދިއްދޫއަށް ޒިޔާރަތްކުރަށްވާ ފަރާތްތަކުގެ މައުލޫމާތުވެސް އެ ކައުންސިލްގެ ހޮޓްލައިން 7285567 ނަމްބަރު ފޯނަށް ގުޅުއްވައި ހިއްސާ ކޮށްދެއްވުމަށްވެސް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
މީގެ އިތުރުންވެސް ދިއްދޫ ކައުންސިލުން އެކުލަވާލައިފާވާ ކޯވިޑް-19 ޓާސްކް ފޯހުންއަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅައި، ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!