ކުޑަކުދިންނަށް ކޮވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 50 ޖަމްއިއްޔާއަކުން ގުޅިގެން ވާހަކަ ފޮތެއް ތައާރަފް ކޮށްފިއެވެ.

އޭރިއޯ ނަމަކަށް ކިއާ ހިޔާލީ ކެރެކްޓަރ އެއް ހިމެނޭ މިވާހަކައިގައި ކުޑަކުދިންނަށް އެކުދިންނާއި އާއިލާ އަދި އެކުވެރިން ކޮވިޑް-19 އިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވަނީ ހިމަނާފައެވެ. އަދި ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކުގެ ސަބަބުން އުފެދޭ އިހުސާސްތަކާއި ނަފްސާނީ ކަންތައްތަކާއި ކުރިމަތިލާނެ ގޮތުގެ މައުލޫމާތު ވެސް ހިމެނެއެވެ.

Ad
rt

6-11 އަހަރުގެ އުމުރުފުރައިގެ ކުދިންނަށް ހާއްސަކޮށްގެން ނެރޭ މިފޮތަކީ އިންޓަރ އެޖެންސީ ސްޓޭންޑިންގ ކޮމިޓީ ރިފެރެންސް ގްރޫޕްގެ އިމަރޖެންސީ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޖަމްއިއްޔާ އަދި އިމަރޖެންސީ ހާލަތްތަކުގެ ސަބަބުން ދިމާވާ ނަފްސާނީ ހާލަތްތަކާބެހޭ އެހެނިހެން ޖަމްއިއްޔާތަކުގެ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓުގެ މަސައްކަތް ފެށިގެންއައި އިރު 1700 އަށްވުރެން ގިނަ ބެލެނިވެރިންނާއި މުދައްރިސުން އަދި ކުޑަކުދިންބަލަހައްޓާ ފަރާތްތަކުން ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ކުރިމަތިލަމުން އަންނަ ގޮތާއި މެދު ހިއްސާ ކުރި މައުލޫމަތުވެފައިވަނީ މިވާހަކަ ލިޔުނު ލިޔުންތެރިއާ "ހެލަން ޕަޓުކް" އަށް ތަފާތު ނަސްލުތަކުގެ ކުދިންނަށް މިފޮތް ހާއްސަކުރަން ފަސޭހަވެގެން ދިޔަ ކަމެއް ކަމުގައި ވަނީ ހާމަ ކޮށްފައެވެ.

މިފޮތް ވީހާވެސް ގިނަ ކުދިން ކިއުމަށް ބާރުއެޅުމުގެ ގޮތުން ތަފާތު 6 ބަހުރުވައަކުން މިވަގުތު އާންމުކޮށްފައިވާއިރު އިތުރު 30 ބަހުރުވައަކުން ވަރަށް އަވަހަށް ލިބެންހުންނާނެ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ޑަބްލިއު އެޗްއޯ، ޔުނިސެފް، ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓު ގެ އިތުރުން ކުޑަކުދިންގެ ހައްޤުތަކާއި ބެހޭ އެހެން ޖަމާއަތްތަކުގެ އެއްބާރުލުމާއިއެކު ނެރެފައިވާ މިފޮތް ޔުނިސެފް ގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. ޢަދި މިފޮތުގެ އޯޑިއޯވެސް ޑައުންލޯޑް ކުރެވެހެން ހުންނާނެއެވެ.