މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އެހެން ވަޒީފާތަކުގައި އުޅޭ ދިއްދޫގެ ރައްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރެމުންދާތީ، މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އެހެން ވަޒީފާތަކުގައި އުޅޭ ދިއްދޫގެ ރައްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށެވެ.

Ad
rt

" ކޮވިޑް 19 އާ ގުޅިގެން ދިއްދޫ ރައްވެހިންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ވަޒީފާ ގެއްލުން، މުސާރަ ކުޑަކުރުން، މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުން ނުވަތަ މިފަދަ އެހެން ކަމެއް ދިމާވެފައިވާ ބޭފުޅެއް ހުރިނަމަ، ކައުންސިލްގެ ފޭސްބުކް ޕޭޖުގައިވާ ގޫގްލްފޯމް މެދުވެރިކޮށް އެކަން ކައުންސިލާ ހިއްޞާ ކުރެއްވުން އެދެމެވެ." އެކައުންސިލުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ހޮޓްލައިން 7285567 ނަމްބަރު ފޯނަށް ގުޅުއްވައި މައުލޫމާތު ހޯދުމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

ތިލަދުން | Thiladhunދިއްދޫ ޓާސްކް ފޯހުން އެރަށުގެ ރައްޔިތުން ކިބައިން ނުވަ ކަމަކަށް އިލްތިމާސް ކޮށްފިދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހއ. ދި...

ކޮވިޑް-19 އާއި ގުޅިގެން އަޅާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެކިއެކި ބޭނުންތަކުގައި ދިއްދޫއަށް ޒިޔާރަތްކުރަށްވާ ފަރާތްތަކުގެ މައުލޫމާތުވެސް އެ ކައުންސިލްގެ ހޮޓްލައިން 7285567 ނަމްބަރު ފޯނަށް ގުޅުއްވައި ހިއްސާ ކޮށްދެއްވުމަށްވެސް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުންވެސް ދިއްދޫ ކައުންސިލުން އެކުލަވާލައިފާވާ ކޮވިޑް-19 ޓާސްކް ފޯހުންއަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅައި، ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.