ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހއ. ދިއްދޫގައި އެޅުމުގެ ގޮތުން އެރަށު ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުން ކިބައިން ނުވަ ކަމަށް އަމަލު ކޮށްދިނުމަށް އެދި އިލްތިމާސް ކޮށްފިއެވެ.
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19
ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިއްދޫ ކައުންސިލުގައި ޓާސްކްފޯސްއެއް އެކުލަވާލެވި، ޓާސްކުފޯސްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.
މިގޮތުން އެޗް.ޕީ.އޭގެ ފަރާތުން އަޅުއްވާފައިވާ ވަރަށް މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ޓާސްކްފޯސް އިންވަނީ ނިންމާފައިވާކަމަށްވެސް އެ ޢިއުލާންގައި ވެއެވެ. އެހެންކަމާއިއެކު، ރައްކާތެރިވެ ތިބުމުގެގޮތުން އަޅާ ފިޔަވަޅުތަކެއްގެ ގޮތުން އެޓާސްކް ފޯހުން އެ ޢިއުލާންގައި ހިމަނާފައިވާ ކަންތައްތަކަށް ޢަމަލްކުރުމަށް ދިއްދޫގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާކަމަށް އެ ޢިއުލާންގައި ވެއެވެ.
ދިއްދޫ ރައްޔިތުން އަމަލުކުރުމަށް އެދި ދިއްދޫ ޓާސްކް ފޯހުން ޢިއުލާންގައި ހިމަނުވާފައިވާ ކަންތައްތައް
1. އާންމު އެއްވުންތަކާއި ޕާޓީތައް ނުބޭއްވުމާއި ގުރޫޕް ހަދައިގެން ފިހާރަތަކަށާއި ، މޫދަށް އަދި ކުޅިވަރު ކުޅޭ
ތަންތަނަށް ނުދިއުން
2. ހޮޅުއަށިތަކަށް ނުދިއުމަށާއި މަގުތައް މަތީ ޖޯލިފަތި ބަހައްޓައިގެން ނުތިބުން
3. ފެރީ ލަފާ ސަރަޙައްދުތަކަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ ބޭފުޅުން ނުދިއުން
4. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުން |
5. ރޯގާޖެހި ކެއްސާ ކިނބިހި އަޅާނަމަ 7290054 މި ނަމްބަރަށް ގުޅުއްވާ ޢަމަލްކުރާނެގޮތް އޮޅުންފިލުވުން
6. ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން އަދި ޢާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން |
7. ކެވޭ އަދި ރެސްޓޯރެންޓްތަކުގައި ވަގުތުތައް ހޭދަ ނުކުރުން
8. މަގުތަކަށް ކުޅު ނުޖެހުން
9. އެޗް.ޕީ.އޭ އަދި ސިއްޚީ ޚިދުމަތް ދެއްވާ އޮފިޝަލުން އަންގާ އެންމެހާ އެއްގުންތައް ތަންފީޒު ކުރުމުގައި ފަރުދީ
ޒިންމާ ނެގުން
ކޮވިޑް-19 އިން ދިއްދޫ ރައްޔިތުން ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ދިއްދޫ ކައުންސިލުންވަނީ އެކި ބޭނުންތަކުގައި ދިއްދޫއަށް ޒިޔާރަތްކުރަށްވާ ފަރާތްތަކުން އެކައުންސިލްގެ ހޮޓްލައިން ނަމްބަރު 7285567 އަށް ގުޅުމަށް އެދިފައެވެ.
އުތުރުގެ ބައެއް ރަށްރަށުގެ ކައުންސިލު ތަކުން އުފައްދާފައިވާ ކޮވިޑް-19 ޓާސްކް ފޯހުންއަންނަނީ އެރަށްރަށުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!