ދުނިޔޭގެ ބައެއް ގައުމުތަކުން ގެވެށިއަނިޔާގެ ސިކާރައަށް ވެފައިވާ މިހުންނަށް އެހީތެރިވުމަށް ހާއްސަ ސިއްރު ބަހެއް ފާމަސީތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

ގެވެށި އަނިޔާ ގެ ސިކާރައަކަށް ވެފައިވާނަމަ ފާމަސީއަށް ގޮސް ފާމަސިސްޓު ގާތު “ މާސްކް 19” މިހެން ބުނުމުން ކަން ކުރަން ވީގޮތް ފާމަސީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ މިގައުމުތަކުގެ ސަރުކާރުން އޮޅުންފިލުވައި ދީފައެވެ.

Ad
rt

ފެތުރެމުންދާ ނުރައްކާތެރި ވައިރަސްއާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބައެއް ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގެވެށިއަނިޔާ ތަހައްމަލު ކުރަން ޖެހިފައިވާ އެތައް ބަޔަކު ވަނީ އެމީހުންގެ އަނިޔާވެރި ބައިވެރިއާއިއެކު ގޭގާއި ގިނަވަގުތު ހޭދަކުރަން މަޖުބޫރުވެފައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ގިނަމީހުންނަށް ގެއިން ޕޮލިހަށް ގުޅަން ބިރުގަންނަ ކަމަށާއި އަދި ބައެއް މީހުންނަށް ފޯނުކުރެވޭނެ ގޮތް ނުހުންނަކަމަށެވެ.

ސްޕެއިންގެ އިތުރުން ފްރާންސްގެ ބައެއް ފާމަސީތަކުންވެސް ދަނީ މިކަން ކުރަމުންނެވެ. މިކަން ތަޢާރުފު ކުރިފަހުން އެންމެފުރަތަމަ މިހިދުމަތް ބޭނުންކޮށްފައިވަނީ ނެންސީ ނަމަކަށް ކިއާ އަންހެނެއް ކަމަށާއި މިހާރު އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާކަމަށް ފްރާންސްގެ މިނިސްޓަރެއްމަށްވާ މާރްލީން ސިއެޕާ ވަނީ ސީއެންއެންއަށް މައުލޫމާތު ދީފައެވެ.

ގޭގައި ގިނަވަގުތު ހޭދަކުރަން ޖެހުމާއި މިހާރު ދުނިޔޭގެ ހާލަތު އޮތް ގޮތުން މާލީ ދަތިތައްފަދަ ސަބަބުތަކާއި އެކު ގެވެށިއަނިޔާގެ މައްސަލަތައް އިތުރުވެފައިވާކަމަށް ތަޖުރިބަަކާރުން ވަނީ ބުނެފައެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ކަންބޮޑުވުމާ ފިކުދު ބޮޑުވުމުގެ ސަބަބުން ރުޅިގަދަވެ އަނިޔަަވެރިކަން އިސްކުރުން މިއީ މެދުވެރިވާކަމެއް ކަމަށް ހޯދުންތަކުން ވަނީ ދައްކައިފައެވެ.