ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާއަށާއި މުސާރައަށް ގެންނަ ބަދަލުތަކާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާލާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމާއި އަދި އެކަންކަމުގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ މަސައްކަތް އެކައުންސިލުން ފަށައިފިއެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެކައުންސިލުން މިކަން ކުރުމުގެ މަޤުޞަދަކީ އެފަދަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމިގެ ބޭނުމަކީ އެފަދަ ފަރާތްތަކުގެ ސަކުވާ އަޑުއަހާ އެފަދަ ފަރާތްތަކުގެ ކަންބޮޑުވުން އަޑުއަހާ އެފަރާތްތަކުގެ ހައްޤުގައި ކައުންސިލުން މަސައްކަތް ކުރުންކަމުގައެވެ.
ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ވަޒީފާއަށާއި މުސާރައަށް އަންނަ ބަދަލު ދެނެގަތުމަށާއި މުސާރަ ނުލިބޭ ގޮތަށް މުސާރަ ނުލިބޭ ޗުއްޓީގައި ފޮނުވާލާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށާއި އަދި އެކަމުގެ ދަފްތަރެއް އެކުލަވާލުމަށް މި އިދާރާއިން ބޭނުންވަނީ އެރަށު ރައްޔިތުންގެ ހައްޤުތައް ސަރުކާރާއި ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ދުވަސްވަރު ހޯރަފުށީގެ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ކުޑަކުރުމާއި އަދި މުސާރަ ނުލިބޭ ގޮތަށް މުސާރަ ނުލިބޭ ޗުއްޓީގައި ފޮނުވާނަމަ އެކަމެއް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައި ހައްލެއް ހޯދައި ދިނުމަށް
ކައުންސިލުން މަސައްކަތް ކުރުމަށްވެސް ބޭނުންވޭ.
ހޯރަފުށީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީގެ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ކުޑަކުރުމާއި އަދި މުސާރަ ނުލިބޭ ގޮތަށް މުސާރަ ނުލިބޭ ޗުއްޓީގައި ފޮނުވާނަމަ އެކަމެއް އިދާރާއަށް އޮންލައިންކޮށް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުން އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!