ވައިކަރަދޫ ރައްޔިތުއްނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯސަލް ސަޕޯޓް ޑެސްކެއް ޤާއިމް ކޮށްފި

227450FE-B47B-47FE-80C2-42C894678D3A

ވައިކަރަދޫ ރައްޔިތުއްނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެރަށު ކައުންސިލުން، ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އެއް ޤާއިމް ކޮށްފިއެވެ.

ވައިކަރަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއުލާން ކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުއްނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވައިކަރަދޫ ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) ވަނީ ޤާއިމް ކުރެވިފަވާކަމަށެވެ.

މި ޑެސްކްގެ މައިގަންޑު މަސައްކަތަކީ މީހަކު ނުވަތަ ބަޔަކު އެކަހަރި ކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ކޮށްދިނުމުގައި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުއްނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ރަށުގައި ދިރި އުޅޭ ބިދޭސީންގެ ހާލަތު މޮނިޓަރކޮށް އެހީތެރިކަން ބޭނުން ވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަސް އެކައުންސިލުން ބުނެފައިވެއެވެ.

ވައިކަރަދޫ ކައުންސިލުން އިތުރަށް ބުނީ، އިޖުތިމާއީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށާއި، ސޯސަލް ސަޕޯޓް ޑެސްކްގެ އެހީތެރިކަމަށް އެއްވެސް އާއިލާ އަކުން ބޭނުންވާ ނަމަ އެކައުންސިލަށް ގުޅުމަށްވެސް އެކައުން ސިލުން ބުނެފައިވެއެވެ.

ތިލަދުންމަތީގެ ބައެއް ރަށްރަށުގައި އަންނަނީ ކޮވިޑް-19 އިން އެރަށްތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *