މިއީ ދީލަތި ވާންވީ ވަގުތު!

Sept-9-2016-Trauma-Sens-Yoga-Trees-FILEminimizer

ދީލަތިކަމަކީ ވަރަށް ރީތި ވަރަށް ރަނގަޅު އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ ސިފައެކެވެ. ޚާއްސަކޮށް އެއްބަޔަކު އަނެއްބަޔަކަށް މިފަދަ ނާޒުކު ދަނޑިވަޅުގައި އެހީތެރިވެ އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ދީ ހެދުމުން މީހުންގެ ތެރެގައި ލޯތްބާއި އެކުވެރިކަން އުފެދި މުޖުތަމައުގައި އެއްބައިވަންތަކަން އާލާވެއެވެ.

މިއަދު މިއޮތީ އެކަކުގެ އެހީތެރިކަމަށް އަނެކަކު ބޭނުންވެފައެވެ. ރާއްޖެއާއި މުޅި ދުނިޔެވެސް މިއޮތީ އެއް ޤައުމުގެ އެހީތެރިކަމަށް އަނެއް ޤައުމު ބޭނުންވެފައެވެ. އެހެންކަމުން ލިބޭ މީހުން ނުލިބޭ މީހުންނަށް މިހާލަތުގައި އެހީތެރިކަން ފޯރުކޮށް ދެވެން އޮތް މިންވަރަކުން ފޯރުކޮށް ދިނުން ވަރަށް މުހިންމެވެ.

ގިނަބަޔަކު މިވަނީ ދިރިއުޅުމަށް ކުރަމުންދާ މަސައްކަތް އެއްފަރާތް ކޮށް ގޭގައި މަޑުކުރަން ޖެހިފައެވެ. މިދަނޑިވަޅުގައި މާލީ ގޮތުންވިޔަސް އަދި ކާބޯތަކެތީގެ ގޮތުންވިޔަސް ނިކަމެތިންނާއި، ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް އެހީތެރިކަން ފޯރު ކޮށްދޭން ޖެހެއެވެ.

މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ދެވޭ އެހީތެރިކަމަކީ ގެއްލި ދާ އެއްޗެއްނޫނެވެ. ދީލަތި މީހުންގެ މުދަލުގައި މާތްﷲ ބަރަކާތް ލައްވައެވެ. ދީލަތި މީހުންނަށް ލިބޭ ޘަވާބާއި ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ
މާނައަކީ: ''ތިމާމެންގެ މުދާ، ﷲ ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ. އަދި ދަންނައެ! ﷲ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، ﷲ އަކީ، ނުހަނު ތަނަވަސްކަން ދެއްވާ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.'' (އަލްބަޤަރާ: 261)

''ތިމާމެންގެ މުދާ، ﷲ ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ. އަދި ދަންނައެ! ﷲ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، ﷲ އަކީ، ނުހަނު ތަނަވަސްކަން ދެއްވާ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.''

މީސްތަކުންގެ ތެރެއިން އެންމެދީލަތި ބޭކަލަކީ، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. މާތްﷲ ގެ މަގުގައި އެއްޗެއް ހޭދަ ކުރެވޭނެ ގޮތެއް ފެނިވަޑައިގެންފިނަމަ، އެ ކަލޭގެފާނު ހޭދަކުރައްވައެވެ. އަދި ޖާބިރު ބިން ޢަބްދުﷲ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި އޮވެއެވެ: مَا سُئِلَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏شَيْئًا قَطُّ فَقَالَ لَا މާނައަކީ: ''ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހު، އެއްޗަކަށް އެދި މީހަކު ދަންނަވައިފިނަމަ، ދުވަހަކު ވެސް ނޫނެކޭ ޙަދީޘް ނުކުރައްވައެވެ.'' (ޞަޙީޙް މުސްލިމް: 2311)

މީހުންނަށް އެހީ ތެރިކަން ފޯރު ކޮށްދެއްވުމަށް ހޭދަކުރެވޭ މުދަލަކީ މާތް ﷲ ގެ މަގުގައި ހޭދަކުރެވޭ މުދަލެވެ. ޞަޙާބީ ބޭކަލުން އެ ބޭކަލުންގެ އަތްޕުޅުގައި ހުރި އެއްޗަކުން ބޭނުން ޖެހިފައިވާ މީހުންނަށް ދެއްވިއެވެ. ކޮންމެ ބޭކަލެއް ވެސް ހޭދަ ކުރެއްވީ، އެ ބޭކަލަކަށް ކުޅަދާނަ ވެވަޑައިގަންނަވާ މިންވަރަކުންނެވެ.

ދީލަތި ވުމަކީ ހަމައެކަނި މުދަލާއި ފައިސާ ހޭދަކުރުމެއް ނޫނެވެ. މުދަލާ ފައިސާ އިން ނޫނަސް ދީލަތި ވެވޭނެ ގޮތްތައް ވެއެވެ. އެ ގޮތުން މެހުމާންދާރީ އަދާކުރުމަކީ ވެސް ދީލަތިކަމެކެވެ. އަވައްޓެރިއާއަށް ހެޔޮކޮށް ހިތައި، އޭނާއަށް އެހީވުމަކީ ވެސް ދީލަތިކަމެކެވެ. ތިމާގެ މީހުންނަށް އެހީވެ، ހަދިޔާ ދިނުމަކީ ވެސް ދީލަތިކަމެކެވެ. ހަމަ އެހެންމެ މީހުންނަށް ކަންތައް ކޮށްދިނުމަކީ ވެސް ދީލަތިކަމެކެވެ. އެހެން މީހުންނަށް ފައިދާހުރި ކަންކަމުގައި ވަގުތުން ބައެއް ހޭދަ ކުރުމަކީ ވެސް ދީލަތި ކަމެކެވެ. ހިނިތުން މޫނަކާ އެކު މީހުންނާ ބައްދަލު ކުރުމަކީ ވެސް ދީލަތިކަމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *