ފަލަސްޠީންގެ މިތުއްތު ކުއްޖާ ދުޢާކުރަނީ މުޅި ދުނިޔޭގެ ސަލާމަތަށް!

IMG_20200321_173228

އިޒްރާއީލްގެ އަނިޔާވެރިކަމުން، ބިކަވެ ދަތިހާލުގައި އުޅެމުންދާ ފަލަސްތީނުގެ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކުރެ އެތައް ޢާއިލާއެއްގެ ގެދޮރު އިޒްރާއިލުންވަނީ ފޭރިގަނެފައެވެ.

އެތައް މާމަ އަކާއި ކާފައެއް، އެތައް މަޔަކާއި ބަފައެއް، އެތައް ބޭބެ އަކާއި ދައްތައެއް އަދި އެތައް ކުޑަކުދިންނެއް ވަނީ ޝަހީދު ކޮށްލެވިފައެވެ.

މިފަދަ އެތައް އެތަށް ލާއިންސަނީ އަމަލުތަކެއްގެ ޝިކާރައަށް ވެފައި ވީ ނަމަވެސް ފަލަސްތީނު މުސްލިމް އަޚުންނާއި އުޚުތުން މިއަދުވެސް އެދެނީ މުޅި ދުނިޔޭގެ ސަލާމަތަށެވެ.

އޭގެ މިސާލަކީ މިތުއްތު ފަލަސްތީނު އަންހެން ކުއްޖާއެވެ. ދުނިޔެ ކޮވިޑް-19 ގެ ބިރުވެރިކަމުން ބަނަ ވެފައިވާ މިދަނޑިވަޅުގައި، މިހާލަތުން މުޅި ދުނިޔެ ސަލާމަތް ކޮށް ދިނުމަށްއެދި މި ތުއްތު ކުއްޖާ އެދަނީ ﷲ ގެ ހަޟުރަތުގައި ދުޢާ ކުރަމުންނެވެ!

ދުނިޔޭގެ ހުރިހާ ބައްރަކަށްހެން ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް މިހާރުވަނީ ދުނިޔޭގެ ކަންކޮޅުތަކުން 284525 މީހުންނަށް ޖެހިފައެވެ.

ދުނިޔޭގެ 186 ޤައުމަށާއި، ސަރަހައްދަށް މިވައިރަސް ފެތުރިފައިވާއިރު، މިވައިރަސްގެ ސަބަބުން 11842 މީހުންވަނީ މަރުވެފައެވެ. އަދި މިވައިރަސް ޖެހުނު މީހުންތެރެއިން 93566 މީހުން މިވައިރަސްއިން ފަސޭހަވެފައިވެސް ވެއެވެ.

މިވައިރަސް ފަލަސްތީނުގެވެސް 52 މީހަކަށްވަނީ ޖެހިފައެވެ. އެޤައުމުން އެބަލީގައި އަދި މީހަކު މަރުވެފައެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *