ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތްކޮށްފައި ހުރި ލޯކަލް މާރުކޭޓްގައި ފުލޫ ކުލިނިކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ފުލޫ ކުލިނިކެއްގެ ގޮތުގައި ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ލޯކަލް މާރުކޭޓް އިމާރާތް ސާފުކުރުން މިއަދު ކުރިޔަށް ދިޔަކަމަށެވެ.
މިކަމުގައި ކުޅުދުއްފުށީގެ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންގެ އެއްބާރުލުން ވަނީ ލިބިފައިކަމަށާއި އަވަސް މުސްތަޤުބަލެއްގައި ފުލޫ ކުލިިނިކްގެ ހިދުމަތް އާންމުންނާއި ހަމައަށް ލިބޭނޭ ގޮތް ހަމަޖެއްސުމަށް ވާން ޖެހޭ ތައްޔާރީތައް މި ދަނީ ވަމުންކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮވިޑް-19 އަށް ރައްކަތެރިވުމުގެ ގޮތުން އެކިރަށްރަށުގައި އަންނަނީ ތަފާތު ތައްޔާރީތައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!