އއ. ރަސްދޫ ގޮނޑުދޮށުން ކުޑަ ކިނބުލެއް ހިފައިފިއެވެ. ރަސްދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ އެރަށު ގޮނޑުދޮށުން ފެނުނު ކިނބުލުގައި 3 ފޫޓު ވަރު ހުންނާނެ ކަމަށާއު އެކިނބޫ ޒުވާނުންތަކެއް ހިފާފައިވާކަމަށް އެމީހާ ބުނެފައިވެއެވެ.

މި ކިނބޫ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ. އަދި މި މައުލޫމާތު އެމްއެންޑީއެފްއާއި ކައުންސިލުން ހިއްސާކޮށްފައިވާކަމަށް އެމީހާ ބުނެފައިވެ އެވެ.

Ad
rt

ފުލުހުން ބުނީ މިއަދު 19:00 ހާއިރު ރަސްދޫއިން 3 ފޫޓުގެ ކިނބުލެއް އާންމު ފަރާތަކުން ހިފާފައިވާކަމަށެވެ. އެކިނބޫ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މާލެ އަތޮޅު ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް މިމަހުގެ 9 ވަނަ ދުވަހު ފެނިފައިވެއެވެ. މިކިނބޫ ހިފޭގޮތް ނުވަނީސް މޫދައް ފައިބައިގެން ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން އެދުވަހު ވަނީ ބުނެފައެވެ.

ވައިކަރަދޫއިންވެސް 3 ފޫޓުގެ ކުޑަ ކިނބުލެއް މިދިޔަ މަހުގެ 22 ވަނަ ދުވަހު ފެނިފައިވެއެވެ. ނަމަވެސް އެކިނބޫ ފެނުނު އިރުވެސް ވަނީ މަރުވެފައެވެ.