ހުސްވަގުތު ކޮޅަށް ހުއްޓާލާފައިވާ ރައްޔިތުންގެ މަޖިލިސް ޖަލްސާ ގަޑިއަށް ނުފެށި، އިތުރު ވަގުތު ހިނގަމުންދާތީ މެމްބަރު ނަޝީދު(މޮސްޓާ) ނުރުހުން ފާޅު ކުރައްވައިފިއެވެ.
މެމްބަރު ނަޝީދު ކުރެއްވި ޓުވީޓެއްގައިވަނީ 1310 ވީއިރުވެސް ޖަލްސާ ނުފަށާ ކަމަށާއި، އެމްޑީޕީގެ ޕީޖީ ބައްދަލުވުން އޮތަސް ޖަލްސާ ގަޑިއަށް ފަށަން ޖެހޭނެކަމަށެވެ. ޕީޖީ ބައްދަލުވުން އެހެން ގަޑިއެއްގައި ބޭއްވުމަށްވެސް މެމްބަރު ނަޝިދު ވިދާޅުވެފައި ވެއެވެ.
13 10 ga ves jalsa nufashaa mdp pg meeting othas gadi ah fashan jehayne... pg meeting ehen gadi eh ga bavvaa ....
— Mohamed Nasheed Abdulla (@MNA_MosTaaA) March 16, 2020
މަޖިލިސް ޤަވާޢިދު ބުނާ ގޮތުން 1230 އިން 1300 އަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް ދޭން ޖެހެއެވެ. އަލުން ޖަލްސާ ފަށާ ގޮތަށް އޮންނަނީ 1300 ގައެވެ.
މީގެ ކުރިން މަޖިލިސްރައީސް ނިސްބަތްވާ ޕާޓީގެ ޕީޖީ ބައްދަލުވުން އެގަޑީގައި ބޭއްވި ނަމަވެސް، ޖަލްސާ ގަޑިއަށް ފަށައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!