ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިއަދު މެންދުރު 11:15 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންއެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކުއް ހައްޔަރުކޮއްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

Ad
rt

ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކެލާ ބަންދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްއަކާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ކުދި ޕެކެޓް ފެނިފައިވާ މައްސަލަ އާ ގުޅިގެންކަމަށެވެ.