ކުޅުދުއްފުށީ ސިޓީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާ ގުޅިގެން މުޅި ރާއްޖެއަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކޮށްފައި ވުމާއިއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރުން ވަގުތީގޮތުން މެދުކަނޑާލާފައި ވާކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ޒިޔާރަތެއް ނޫނީ ނުކުރެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.

Ad
rt

މި ދަނޑިވަޅުގައި ޞިއްޙީ ދާއިރާގެ ފަރާތުން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބަހައްޓައި، އަމިއްލަ ފަރުދީ ޒިންމާ އޭގެ
އެންމެ ފުރިހަމައަށް އަދާކޮށް، ދިމާވެފައި މިވާ ނުރައްކާތެރި ބަލިން މުޅި މުޖުތަމަޢު ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް އެދޭ ކަމަށްވެސް އެޢިއުލާނުގައި ވެއެވެ. އަދި ހަމަ އެހެންމެ، މި ބައްޔާއި ބެހޭގޮތުން ލިބިވަޑައިގަންނަވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަން ޔަގީން ކުރުމަށްފަހު މެނުވީ ނުފެތުރުމަށް ނަސޭޙަތްތެރިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ރަށުން ބޭރަށާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާފައިވާ ފަރާތްތަކާއި، ރަށަށް ބިދޭސީން ގެންނަ ފަރާތްތަކާއި ރިސޯރޓްތަކުގައި
މަސައްކަތް ކުރައްވާ ފަރާތްތައް ޤައުމަކަށް ދަތުރު ކޮށްފައިވާނަމަ، މި ބައްޔަށް ޝައްކުވާ ފަދަ ޢަލާމާތެއް ފެނިއްޖެނަމަ، މި ބަލި
ޖެހިފައިވާ ފަރާތްތަކާއިއެކު އުޅެވިފައި ހުރިކަމުގައިވާނަމަ، ގޭގައި މަޑުކުރެއްވުމާއިއެކު ލަސް ނުކުރައްވާ ކޭ.އާރު.އެޗްގެ ކޮވިޑް ހެލްޕް |
ލައިން 7606688 ށް ގުޅުއްވާ މަޢުލޫމާތު ފޯރުކޮށްދިނުން އެދޭ ކަމަށްވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 8 ބިދޭސީއަކުވަނީ ޕޮޒިޓިވް ވެފައެވެ.