ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި، ގިނަ ފަންގިފިލާތަކުގެ އެޕާޓްމަންޓް އިމާރާތްތަކެއް ބިމާ ހަމަކޮށްލައިފިއެވެ.
ބުރާސްފަތ ދުވަހުގެ ރޭ ދިން މި ހަމަލާތަކުގެ ސަބަބުން އެތައް އާއިލާއެއް މަގުމަތިވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އިސްރާއީލު ސިފައިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް-ތުއްފާހު އަދި އަލް-ޝުޖާޢިއްޔާ އަވަށަށެވެ. މި ހަމަލާތަކުގައި ޖުމްލަ ފަ އެޕާޓްމަންޓް އިމާރާތެއް ވަނީ ހަލާކުކޮށްލާފައެވެ. މި ތަންތަނުގައި ގަނޑު އާއިލާތަކުން ދިރިއުޅެމުން ދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހަމަލާތައް ދީފައިވަނީ މިދިޔަ އަހަރުގެ އޮޓޯބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްލުމުގެ އެއްބަސްވުމާ އިސްރާއީލުން މެދުނުކެނި ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. އޮކްޓޯބަރު 8، 2023 ގައި ފެށި ހަނގުރާމައަށް ފަހު ވުޖޫދަށް އައި މި އެއްބަސްވުމާ ޚިލފަށް އިސްރާއީލުން ދަނީ ގައްޒާގެ އެކި ސަރަހައްދުތަކަށް ބޮންއަޅަމުންނެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޓުކޮށްފައިވާ ގޮތުގައި، އަލް-ތުއްފާހުގެ އިރުމަތީގައި އޮންނ އަލް-ސަނަފޯރު ކްރޮސްރޯޑް ކައިރީގައި ހުރި ތިން ރަށު އިމާރާތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތހާފަރުތަކުން ވަނީ ހަތަރު ހަމަލާއެއް ދީފައެވެ. އިސްރާއީލުގެ އަސްކަރީ ކޮންލްގެ ދަށުގައިވާ ސަރަހައްދުތަކާ ކައިރީގައި ހުރި މި އިމާރާތްތައް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.
އަލް-ޝުޖާޢިއްޔާ ސަރަހައްދުގައި، އިސްރާއީލު ސިފައިން ވަނީ ގެދޮރު ހުސްކުރުމުގެ އިންޒާރު ދިނުމަށް ފަހު ތިން ވައިގެ ހަމަލާއެއްދީ ދެ އިމާރާތެއް ވައްލާފައެވެ. އަލް-ޝުޖާޢިއްޔާ ޖަންކްޝަން ކައިރީގައި ހުރި މި އިމާރާތްތައް ހުރީ އިސްރާއީލުގެ އަސްކަރީ ކޮންލްގެ ބޭރުގައެވެ.
މި ހަމަލާތަކުގެ ސަބަބުން ކައިރީގައި ހުރި ގެތަކަށާއި މުދަލުގެ އިތުރުން، ހަމަލާތަކުގެ ސަބަބުން ހިމާޔަތް ހޯދަމުންދިޔަ މީހުންގެ ވަގުތީ ފޭލިތަކަށް ވެސް ވަނީ ބޮޑެތ ތަކެއް ލިބިފައެވެ. މިކަމުގެ ސަބަބުން ކުރިން ވެސް ގެދޮރު ގެއްލިފައިވާ ފަރާތްތަކުގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް ރިޓުތައް ބުނެއެވެ.
ހަމަލާތައް އަމާޒުވި ސަރަހައްދުތަކުގައި ތިބި އާންމުންނާއި ހަމަލާތަކުގެ ސަބަބުން ހިމާޔަތް ހޯދަމުންދިޔަ މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، ރޭގަނޑުގެ ވަގުތުގައި ފިނި މޫސުމުގައި އެއްވެސް އެއްޗެއް ހިތްހަމަޖެހިލައިގެން ނުނެގި އެތައް އާއިލާއެއް މަގުމައްޗަށް ނުކުންނަން ޖެހުނު ކަމަށް ހެކިވެރިން މައުލޫމާތުދީފައިވެއެވެ.
ގެދޮރު ގެއްލިފައިވާ އާއިލާތައް މިވަގުތު ތަހައްމަލުކުރަމުންދަނީ ނުހަނު ދަތި އިންސާނީ ހާލަތެކެވެ. ޣާޒާ ސިޓީގެ އެކި ކަންކޮޅުތަކުގައި ރަށު އިމާރާތްތައް ސުންނާފަތިވެފައިވުމުގެ ސަބަބުން، ހިޔާވަހިކަން ހޯދާނެ ތަނެއް ނެތުމާއި، އެހީގެ ސާމާނު ލިބުން ދަތިވުމުގެ ސަބަބުން މި އާއިލާތައް ވަނީ ނުރައްކާތެރި ހާލަތެއްގައެވެ.
ވަގުތީ ފޭލިތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ހަނގުރާމައިގައި ކުރިން ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ ތަކުލީފުތައް ވަނީ ބޮޑުވެފައެވެ. އަދި ފިނިވަމުންދާ މޫސުމުގައި ބޭރުގައި ރޭކުރަންޖެހުމުގެ ނުރައްކާތެރި ހާލަތަކަށް އެ މީހުން ވަނީ ހުށަހެޅިފައެވެ.
އިސްރާއީލު ސިފައިން ދަނީ ޣާޒާގެ އެކި ސަރަހައްދުތަކުގައި ބޮންއަޅަމުން، ބަޑީގެ ހަމަލާތައް ދެމުން އަދި އިމާރާތްތައް ތަޅައިބިމާކޮށްލަމުން ކަމަށްވާއިރު، މިއީ ހަނގުރާމަ ހުއްލުމުގެ އެއްބަސްވުމާ ހިލާފަށް ހިންގަމުންދާ އަމަލުތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!