ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ މުޖުތަމައު ބިނާކުރުމުގެ ސިއްހީ ހަރަކާތް، "ހަށިހެޔޮ 2026" ގެ ހަވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޭއާރްއެޗްއިން ހާމަކުރައްވާ ގޮތުގައި މި ޕްރޮގްރާމަކީ އާންމުންގެ މެދުގައި ގަވާއިދުން ކަސްރަތުކުރުމުގެ އާދަ އަށަގެންނެވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޕްރޮމޯޓްކޮށް ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކޮންމެ ދުވަހަކު ބޭއްވި ފިޓްނަސް ސެޝަންތަކުގެ އިތުރުން، ސިއްހީ ސްކްރީނިންތަކާއި، ހަށިގަނޑުގެ ދުޅަހެޔޮކަން ބެލުމުގެ ޓެސްޓުތައް ކުރިއަށްގެންގޮސްފައިވެއެވެ.
މީގެ އިތުރުން، ބައިވެރިންގެ އާންމު ދުޅަހެޔޮކަން އިތުރުކުރުމަށާއި ސިއްހަތަށް ފައިދާހުރި އާދަތައް ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ ހަފުތާއަކު ޞިއްޙީ ހޭލުންތެރިކަމުގެ ސެޝަންތައް ވެސް ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމުގެ ދިގުމުއްދަތުގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައި، ބައިވެރިންގެ ކުރިއެރުން މޮނިޓަކުރުމަށާއި ކަސްރަތުކުރުމުގެ އާދަ މެދުނުކެނޑި ކުރިއަށްގެންދިއުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްއޮތް ތަނުގައި ކޮންމެ ތިން މަހުން އެއްފަހަރު ސިއްހީ އެސެސްމަންޓްތައް ހެދުމަށް ހަަމަޖެހިފައިވާކަމަށް ކޭއާރްއެޗް އިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!