ނޭޕާލާއި ޓިބެޓް (ޗައިނާ) ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމާއި ބޮޑު ކިސަޑު ފޭބުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާ މައިގަނޑު ގޮތެއްގައި ހިނގާފައިވަނީ ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓްގެ ސަރަހައްދުތަކާއި ޓިބެޓްގެ ގިޔިރޮންގް ޕޯޓް ހިމެނޭ ސަރަހައްދަށެވެ.
ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިހާތަނަށް ކަށަވަރު ކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓިބެޓް ފަޅިން ވެސް ބޮޑެތި ގެއްލުންތަކެއް ލިބި މީހުން ވަނީ ގެއްލިފައެވެ. ނޭޕާލްގެ ޓޫރިޒަމް ބޯޑުން ބުނެފައިވަނީ ކައިލާޝް މަންސަރޯވަރަށް ދަތުރުކުރި ޒިޔާރަތްތެރިން ހިމެނޭ ގޮތަށް 384 އެއްހާ މީހުން ގެއްލިފައިވާ ކަމަށެވެ. މީގެ ތެރޭގައި 291 ބޭރު ގައުމުތަކުގެ މީހުންނާއި ނޭޕާލްގެ ރައްޔިތުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނެއެވެ.
These visuals from the floods in Rasuwa, Nepal are absolutely horrific. The scale of the destruction looks unreal, almost like a scene from a disaster movie.The entire Himalayan belt needs to seriously work on better early warning systems for such flash floods. Prayers for… pic.twitter.com/7iiupXXIzT
— Nikhil saini (@iNikhilsaini) August 26, 2026
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ނޭޕާލްގެ ފޮރިން މިނިސްޓަރުގެ ފުރަތަމަ ރިޕޯޓްތަކުން ދައްކަނީ ސަރަހައްދަށް އައި ބިންހެލުމަކާ ގުޅިގެން ގަނޑުފެނާއި ހިލަ ފައިބައި ކޯރުތައް ފުރިބަންޑުންވުމެވެ. މި ހާދިސާގެ ސަބަބުން ރަށްތަކާއި، މަގުތަކާއި، ބްރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްރޮޖެކްޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެ ފަރާތުގެ މުވާސަލާތީ އަދި ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.
މިހާރު ދެ ގައުމުގެ ސިފައިންނާއި ރެސްކިއު ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ނޭޕާލްގެ ސިފައިން ވަނީ މިހާތަނަށް 88 މީހަކު ސަލާމަތްކޮށްފައެވެ. ޗައިނާއިން ވެސް ސަލާމަތީ މަސައްކަތްތަކަށް ސަތޭކަޔަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރި ކުރުވާފައިވާއިރު، އަވަށްޓެރި އިންޑިއާއިން ވެސް ދަނީ މި މަސައްކަތުގައި އެހީތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!