އުތުރުގެ މައި ހަސްފަތާލު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ޢަދަދަކަށް ސްޕަސެލިސްޓް ޑަކްޓަރުން ހޯދަން ޢިއުލާން ކޮށްފިއެވެ.
އެ ހަސްފަތާލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެ ހަސްފަތާލަށް ސްޕަސެލިސްޓް 27 ޑަކްޓަރުން ބޭނުންވާ ކަމަށެވެ.
އެ ހަސްފަތާލުން ހޯދަން ޢިއުލާނު ކޮށްފައިވާ ޑަކްޓަރުންގެ މަގާމުތަކުގެ ތެރޭގައި ސަރޖަރީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ ،ނިއުރޮލޮޖީ، ކާރޑިއޮލޮޖީ، ރޭޑިއޮލޮޖީ، އޯތޮޕެޑިސިއަން، އެނެސްތެޓިސްޓް، އިންޓާނަލް މެޑިސިން(ޕިޒިސިއަން)، ޑާމަޓޮލޮޖިސްޓް، އޮފްތަމޮލޮޖިސްޓް އަދި ސައިކޭޓްރިސްޓް ހިމެނެއެވެ.
އުތުރުގެ ހަމަ އެކަނި ސިޓީ، ކުޅުދުއްދުށީ ސިޓީގައި ހުންނަ މިހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!