ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަ ޖައްސައިފިއެވެ.

މިކަން އިޢުލާން ކުރައްވާ މޮސްޓާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ الحمد لله، ހަޔާތުގެ އެންމެ ބޭނުންވި ދެވަނަ ކަންތައްވެސް ހާސިލްވެއްޖެ ކަމަށެވެ.

Ad
d

ކޮމިޝަނަރ އޮފް ސްޕޯރޓްސް އިން މިއަދު އެކުލަބަށް ދީފައިވާ "ކުޅިވަރު ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ރަޖިސްޓްރީ" ވަނީ މޮސްޓާގެ ޓުވީޓުގައި ހިމަނާފައެވެ. އެކުލަބުގެ ވައިސް ޗެއަރމަން އަކަށް ސައްޔިދު އަލީ ގެ އިތުރުން 7 ބޯޑު މެންބަރުންވެސް ވަނީ ހިމަނާފައެވެ.

މޮސްޓާ އަކީ ފެށުނީންސުރެެއް ނިއުރޭޑިއަންޓްގެ ހާރޑުކޯ ސަޕޯޓަރެކެވެ. ނިއުރޭޑިއަންޓް ވެއްޓިފައިވާ ދަނޑިވަޅުން އަރައިގަތުމަށް ވަރަށް ބުރަކޮން މަސައްކަތް ކުރަމުން އައި ފަރާތެއްގެ ގޮތުގައި މޮސްޓާ ވަނީ ފާހަގަ ކުރެވިފައެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓުގެ ސަސްޕެންޝަން މިދިޔަ އަހަރު އެފްއޭއެމްގެ އަހަރީ ޢާންމު ޖަލްސާގައި ކްލަބުތަކުން ވަނީ ދަމަހައްޓާފައެވެ.

އެކަމަކު މިއަހަރުގެ މާޗު މަހު އޮންނަ އަހަރީ ޢާންމު ޖަލްސާގައި އެ ސަސްޕެންޝަން އުވާލުމުގެ ފުރުޞަތު އެބައޮތެވެ. އެއާއެކު ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އަންނަނީ ނިއުރޭޑިއަންޓަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނިއުރޭޑިއަންޓުގެ ޗެއަރމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމާ އެކު، ސައްޔިދު އަލީ އެކްޓިން ޗެއަރމަނަކަށް ހަމަޖައްސާ ބޯޑް މެންބަރުންނާއި، ސަޕޯޓަރުން ހިމެނޭ ގޮތަށް މީގެ ކުރިން ވަނީ ކޮމެޓީއެއް އުފައްދާފައެވެ. އަދި އެ ކޮމިޓީންވެސް މީގެ ކުރިން ވަނީ ނިއުރޭޑިއަންޓުގެ ދަރަނިތައް ދެއްކުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ފުޓްބޯޅައިގެ ހުރިހާ ކަމަކުން މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑު ކުރިއިރު، ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ވަނީ އަންގާފައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަކީ ރާއްޖޭގެ މަޝްހޫރު ކްލަބެކެވެ. ނިއުރޭޑިއަންޓް އުފައްދާފައިވަނީ 19 އޮގަސްޓް 1979 ގައެވެ. ނިއުރޭޑިއަންޓް ގެ ފައުންޑަރ މެންބަރުންނަކީ އަހުމަދު ވަޙީދު(ހ.ކްއީން) އަދި އަހުމަދު މަނިކް (ލައްޓި އައްމަޑޭ) އެވެ.

އެއްވެސް އުނދަގުލަކާއި ނުލައި 1997 ގައި ބޭއްވުނު ހުރިހާ މުބާރާތްތަކެއް ނިޔުރޭޑިއެންޓް ވަނީ ކާމިޔާބު ކޮށްފައެވެ. މިއީ މިކްލަބްގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ފުރަތަމަ އަށް އެފް.އޭ. ކަޕް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރި ކްލަބްގެ ލަޤަބް ހޯދިއެވެ.

Ad
df

2000 ވަނަ އަހަރާއި 2003 ވަނަ އަހަރުތަކަކީ ވެލެންސިޔާ ގެ އެންމެ ވަރުގަދަ އަހަރުތަކެވެ. އެހެންނަމަވެސް 2004 ގައި އެފް. އޭ. ކަޕް ކާމިޔާބު ކޮށް އޭޝިއަން ކަޕް އަށް ކޮލިފައިވި އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ކްލަބަކަށް ނިޔުރޭޑިއަންޓް ވިއެވެ.

ނިޔުރޭޑިއަންޓް އަށް ލިބިފައިވާ ކާމިޔާބީތައް

  • ސާފް ގޭމްސް ގައި ދިވެހިރާއްޖެ ތަމްސީލް ކޮށްދިނުން - 1987
  • ދިވެހި ލީގް: 7
    • 1987, 1990, 1991, 1995, 1997, 2004, 2006
  • އެފް. އޭ. ކަޕް: 10
1989, 1991, 1994, 1996, 1997, 1998, 2001, 2005, 2006, 2007 ( ޖެހި ޖެހިގެން 6 ފަހަރަށް އެފް.އޭ ކަޕް ކާމިޔާބުކޮށްފައި ވޭ)
  • މޯލްޑިވްސް ކަޕް ވިނަރސް ކަޕް: 3
1999, 2000, 2003, 2008
  • ޕޮމިސް ކަޕް: 3
1994, 1995, 1997
  • އޭ.އެފް.ސޯ ކަޕް:
ސެމީފައިނަލް (2004)
  • އޭޝިއަން ކަޕް ވިނަރސް ކަޕް:
ކުއާޓަރ ފައިނަލްގައި އެއްވަނަ 1995 އަދި 1996