ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާއަށް އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ސަރަހައްދު ފުރާލައިފިއެވެ.
ޕީޕީއެމްއިން މިރޭ ކުރިއަށްދާ ޖަލްސާގައި އެޕާޓީން ޖެހި ހުރިހާ ގޮޑިއެއް ފުރިފައިވާ އިރު އެ ސަރަހައްދުގައިވެސް ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެއެވެ. ޕީޕީއެމްއިން ބުނީ ޖަލްސާ ފެށުމުގެ ބައިގަޑި އިރު ކުރިން ގޮޑިތައް ފުރިފައިވާ ކަމަށާއި ގޮނޑިތައްފުރި ލީޑަރޝިޕް ކޮޅަށް ތިބެންޖެހިފައިވާކަމަށެވެ.
ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީން ކައުންސިލް އިންތިހާބަށް ގެންގުޅޭ ޝިއާރަކީ "މީ މަގޭ ރާއްޖެ" ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމުން ގެންގުޅޭ ފަސް ސިޔާސަތު އިފްތިތާހު ކުރުން ވެސް އޮންނާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ޖުމުލަ 679 ކެނޑިޑޭޓުން ވާދަ ކުރެއެވެ. އަދި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި 513 ކެނޑިޑޭޓުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއެވެ. މީގެ އިތުރުން ޕީޕީއެމްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޕީޕީއެމް ޖަލްސާއަށް ގިނަ ބަޔަކު މިރޭ ނިކުމެފައިވާ އިރު އެމްޑީޕީން ކައުންސިލް އިންތިހާބު ރަސްމީކޮށް ފެށުމަށް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބައިވެރިވީ މީހުން މަދުކަމުން އެޕާޓީއަށް ދަނީ ގިނަ ފާޑު ކިއުން އަމާޒުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!