ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން ތުހުމަތުކުރެވި ހައްޔަރުކުރެވިގެން އުޅޭ ތަން ނުފެންނަ ކަމަށާއި އެއްވެސް މައްސަލައަކަށް ދިވެހި ސަރުކާރުން ވަދެގެން ނޫޅޭކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

ވަޒީރު ވިދަޅުވީ ރައީސް މުއިއްޒު މަގާމުގެ ހުވައިކުރެއްވުމަށްފަހު އެންމެ ފުރަތަމަ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޯޓުތަކަށާއި ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން އެވަގުތުން ފެށިގެން ނިމުމަކަށް ގެންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެހެން ވިދާޅުވި ދުވަހުން ފެށިގެން ފެނިގެން ގޮސްފައިވަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވައި، މައްސަލަތަކުގެ ތެރެއަށް ވަނުން ހުއްޓުނު މަންޒަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސަށް އައްސަރިބަހާއި ސާބަހޭ. ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން ތުހުމަތުކުރެވި ހައްޔަރުކުރެވިގެން އުޅޭ ތަނެއް ފެނިގެން ނުދޭ‌. އެއްވެސް މައްސަލައަކަށް ދިވެހި ސަރުކާރުން ވަދެގެން ނޫޅޭ. ". ޣައްސާން ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ފެނިގެން މިދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން މިނިވަންކަމާއެކު އިދިކޮޅު ޕާޓީތަކަށްވެސް ހަރަކާތްތެރިވެވޭނެ ފަދަ މާހައުލެއް ގާއިމުކުރެވި ނެގެހެއްޓެމުންދާ މަންޒަރުކަމަށް ޣައްސާން ވިދާޅުވިއެވެ. .