ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކީލި ކެންޑިޑޭޓުންނަށް ވޯޓު ދީފި ނަމަ ހޯރަފުށީގެ ތަރައްގީއަށް ހުރަސްއެޅޭނެކަމަށް ރައްޔިތުންގެ މަޖީލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މިހާރުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމާއި ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރަށުގެ ތަރައްގީޔާ ގައުމުގެ ކުރިއެރުމައްޓަކާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވައި މެމްބަރު ވިދާޅުވީ ސަރުކާރާ އިދިކީލި ކެންޑިޑޭޓުން ރައްޔިތުން އިހުތިޔާރު ކުރުމަކީ މުޅި ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެންދާނެ ފޫނުބެދޭވަރުގެ ގެއްލުމަކައް ނޫނީ ނުވާނެކަމަށެވެ. އެކަން ފާއިތުވެދިޔަ ދިގު މާޒީން ވާނީ ފެނިފައިކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވަނީ އިންތިހާބުގައި އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.
"ހޯރަފުށީގެ އިސްރައްވެހިންނާ ކަމުވޮށިގެންވާ ފަރާތްތަކާ ހޯރަފުށީގެ ހިއްވަރުގަދަ ޒުވާނުންނަށް ގޮވާލަން ލޯކަލް ކައުންސިލް އިންތިހާބައް ނިކުމެތިބި ކެންޑީޑޭޓުންނަކީ ހޯރަފުށި ދަރިންކަމުގަ ވީނަމަވެސް އެދަރިންނަށް ނުރުހުންވެގެން އެދަރިން ކުޑާމީސް ބަހެއްނޫނޭ ބުނަމުންމިދަނީ". މެމްބަރު ވިދާޅުވިއެވެ.
ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން އެދެނީ ހޯރަފުއްޓައް ކުރިއެރުމާ ތަރައްގީ ބޭނުންވާތީ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!