މާލެ ހިޔާ 1 ފްލެޓުގެ މަތިން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާލެ ހިޔާ 1 އިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 ފެބްރުއަރީ 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 06:50 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ފުރަތަމަ ތަހުގީގުން އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ މާލެ ހިޔާ 1 ގެ 5 ވަނަ ފަންގިފިލާއިންނެވެ.
އަނިޔާވި މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!