ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" އިން ކުރިއަށްގެންދާ އަޑީ ސީ އެކްސްޕެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި ތާރީޚީ ހަރަކާތުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

މި އެކްސްޕެޑިޝަނަކީ ޖުމްލަ 460 ކިލޯމީޓަރުގެ ދިގު ދަތުރެކެވެ. މި ދަތުރުގައި 90 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމާއި، ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އިން މި އެކްސްޕެޑިޝަނަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމާއި، ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ޕާޓްނަރޝިޕަކީ އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްގެންދާ އީޖާދީ މަސައްކަތްތަކަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. އުރީދޫއިން ދަނީ ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ޑައިވް އެކްސްޕެޑިޝަންގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން، ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ނަމޫނާ ދައްކާ ޗެމްޕިއަން ޤައުމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.