އުރީދޫ މޯލްޑިވްސްއިން މި ޑިސެމްބަރު މަހު އެ ކުންފުނީގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން ވާހަކަ ދައްކާލެވޭނެ ކެރެކްޓަރަކީ ކުއްޅަވަށްފަލު ރަނިއެވެ.
އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ބިނާކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ.އައި މެދުވެރިކޮށް މި ޝަހުސިއްޔަތުތަކާ ވާހަކަ ދެކެވޭ ގޮތް ވަނީ ފަހިކޮށްދީފައެވެ. މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، ޓެކްނޮލޮޖީގެ އެހީގައި ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ކުއްޅަވަށްފަލު ރަނިންއަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތި އަންހެންކުއްޖެކެވެ. ރަސްމީ ދަތުރެއްގައި ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން ކައިވެނި ބައްލަވައިގެން އެކުއްޖާ ގެންދެވިއެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތިވަމުން ދިޔައިރު މި ކަމަނާއަށް އޭނާގެ އަސްލު، އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ ކޯޗެއްކަންވެސް ހަނދާންނެތި ދިޔައެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލިއެވެ. އަދި އޭނާއަށް އެތަނުގައި ކުއްޅަވަށްފަލު ރަނިން ކިޔުނެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެސި ތަރިކައިގެ މުހިންމު ބައެކެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ؛ މިއީ އިންޓަރެކްޓިވް އެކްސްޕީރިއެންސެކެވެ. އެޑްވާންސް އޭ.އައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ.
ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެއެވެ. އުރީދޫއިން ދަނީ އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި ބައިވެރިވުމަށް ދައުވަތު އަރުވަމުންނެވެ.
އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިންއާ ވާހަކަ ދައްކާލުމަށް ބޭނުންފުޅުނަމަ https://ore.do/aifolktales މި ލިންކަށް ޒިޔާރަތްކުރައްވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!