އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އޭ.އައި. ޕަވަރޑް އިލެކްޓްރޯނިކް ނޯ ޔުއަރ ކަސްޓަމަރ (eKYC) ސޮލިއުޝަން، ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް (MWC) ގައި ދައްކާލައިފިއެވެ.

މި ސޮލިއުޝަނަކީ އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި ބޭނުންކުރަމުން އަންނަ، އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ނިޒާމެކެވެ.

Ad
rt

މި ސިސްޓަމް ބޭނުންކޮށްގެން އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ އޮންބޯޑިންގ ތަޖުރިބާ ވަރަށް ބޮޑަށް ފަސޭހަވެ، ކުރިން 60 ސިކުންތު ނަގާ މަސައްކަތް 10 ސިކުންތަށް ކުޑަވެގެންދެއެވެ.

އުރީދޫ މޯލްޑިވްސް އިން ހާމަކުރާ ގޮތުގައި، މި އޭ.އައި. ސިސްޓަމްގެ ސަބަބުން 90 އިންސައްތައަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވެއެވެ. މީގެ އިތުރުން، ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް ދެނެގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާތީ، ފްރޯޑްގެ ކަންތައްތައް ވަރަށް ބޮޑަށް މަދުވެ، ހިދުމަތުގެ އިތުބާރާއި ރައްކާތެރިކަން ވަނީ އިތުރުވެފައެވެ. މިގޮތުން، ކަސްޓަމަރުންނަށް ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން ސިމް އެކްޓިވޭޓް ކުރުމުގެ ފަސޭހަ ތަޖުރިބާ ލިބިގެންދެއެވެ.

އޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނެއެވެ. މީގެ ތެރޭގައި ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުމަށްފަހު، އޭ.އައި. އޯ.ސީ.އާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓްކޮށް ވެލިޑޭޓްކުރުން، އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް ހެދުން، އަދި ފޭސް ޓު އައިޑީ މެޗުކުރުން ހިމެނެއެވެ. މި ހުރިހާ ޗެކްތަކެއް ކޮންފިޑެންސް ތްރެޝްހޯލްޑްއަކަށް ފެތޭނަމަ، 10 ސިކުންތުގެ ތެރޭގައި ސިމް ވަގުތުން އެކްޓިވޭޓް ކުރެވެއެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމް.ޑީ. ޚާލިދު އަލް ހަމާދީ ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލަށް ވާއިރު، ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. "އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ. މިފަދަ އާދަޔާ ހިލާފު ޓެކްނޮލޮޖީތައް ތައާރަފްކުރުމުގެ ސަބަބުން، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން ދަނީ އިތުރަށް މަސައްކަތްކުރަމުންނެވެ.