•  
  •  
  •  
  •  
  •  
  •  

ކާނިވާ ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ލޯކަލް ކައުންސިލް އިމްތިހާނުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ބައިވެރިވުމަށް އަންގައި ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކަ އިން އެހެން ބުނީ، އެކުންފުނީގެ ލެޑާހެޑްގައި އެމްޑީޕީގެ ޖަލްސާއަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ.

އެ ލިޔުމުގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް މިރޭ 20:45 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމެޖެހިފައިވާތީ، ފެނަކައިގެ އެންމެހާ މުވައްޒަފުން އެ ޖަލްސާގައި ބައިވެރިވުމަށްޓަކައި ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިން ކާނިވާ ސަރަހައްދަށް ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ.

އަދި މަޖުބޫލު އުޒުރަކާ ގުޅިގެން އެ ޖަލްސާއަށް ހާޒިރުނުވެވޭ ފަރާތްތަކުން އެ މުވައްޒަފުން މަސައްކަތްކުރާ ޑިޕާޓްމަންޓެއްގެ އިސްވެރިޔަކަށް ދުރާލާއި އެންގުމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ފެނަކައިން ކުރި ޓުވީޓެއްގައި ބުނީ، އެމްޑީޕީން އެމްޑީޕީން އިންތިޒާމުކޮށްގެން މިރޭ ބާއްވާ ޖަލްސާއަކަށް ހާޒިރުވުމަށް ފެނަކައިގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ އަސްލެއް ނެތް ލިޔުމެއް ދައުރުކޮށް، ޗެނަލް 13 އިން ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

“އެފަދަ އެއްވެސް އެންގުމެއް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން. މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް މި ކުންފުނިން ކުރަމުންދާ ކަމުގައި ދަންނަވަން،” ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ