•  
  •  
  •  
  •  
  •  
  •  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށު ސަޤާފީ މަގު އިފްތިތާޙްކޮށްދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ “މަރިޔަންމާ” ކެމްޕެއިން އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސަޤާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަޤާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ “ފޯކުލޯ”ތައް ވެސް ދައްކުވައިދޭ މަގެކެވެ. މިމަގަކީ ރިނބުދޫގައި ލޯކަލް ޓްއަރިޒަމް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއްކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. މިމަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ. ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖމްހޫރިއްޔާއެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަޤާފީ ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މިއަދު އިފްތިތާޙްކުރި މަރިޔަމްމާ ޕްރޮގްރާމަކީ އުފަންވެނި ޞިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ތުއްތު ދަރިންނާއި މާބަނޑު އަންހެނުންނާ އެމީހުންގެ ފިރިންނަށް ޚާއްޞަކޮށްގެން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ. މީގެ އިތުރުން މާލީ ގޮތުންނާއި އެނޫންވެސް މާބަނޑު އަންހެނުންނަށް އިތުރު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ. މި ޕްރޮގްރާމު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖމްހޫރިއްޔާ ވަނީ މި ޕްރޮގްރާމުގެ ބައިވެރިންނަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ