ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި، އިހަވަންދޫ ތަމްސީލުކުރާ ފުޓްސަލް ޓީމަށް، ހިލޭސާބަހަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ވޮލެންޓިއަރކޮށް ކޯޗުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، 5 އޮކްޓޫބަރު 2025 ގެ 14:00 ގެ ކުރިން https://forms.gle/gmFCze9Vm59G15kF7 މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށެވެ.

Ad
rt

މިއަހަރު ނަސްރުންގެ ދުވަހު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށ،ް އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ.

މީގެ އިތުރުން ހއ. އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއ،ި ފުޓްސަލް ކުރިއެރުވުމާއި، އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ދައްކާލުމާއ،ި އެފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފަހިމާހައުލެއް ހޯދައިދީ، އިންތިޒާމީ ގޮތެއްގައި އެކަން ތަނަވަސްކޮށްދިނުމަކީ ވެސް މި މުބާރާތް ބާއްވާ މަޤުސަދެކެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިލައުތުރު ފުޓްސަލް މުބާތުގެ 2024 ވަނަ އަހަރުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ޓީމެވެ.