ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު ހޯދައި މުބާރާތުގެ ލޯ މެޑަލް ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުން ހޯދައިފިއެވެ.
މިގޮތުން، މި މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ 25-20 ގެ ތަފާތަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުން ރަނގަޅު ފެށުމެއް ދައްކައި ރާއްޖެ ޓީމުން ވަނީ ކުރި ހޯދައި 22-12 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ބަންގާޅާއި ދެކޮޅަށް ކުޅެނީ، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
ފުރަތަމަ ސެޓު ބަންގްލަދޭޝް ޓީމުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓުން ރާއްޖެ ކުރިހޯދައި، ޕެނަލްޓީ ޝޫޓް އައުޓް އަކަށް ގޮސްގެން ބަންގްލަދޭޝް ކައިރިން ރާއްޖެ މޮޅުވެފައިވަނީ 6-4 ގެ ތަފާތަކުންނެވެ. އަދި މި މެޗުގެ "ޕްލޭއަރ އޮފް ދަ މެޗު" ހޯދާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުގެ ޖަރޒީ ނަމްބަރ 9، އަޙުމަދު ރަޒްނީ މުޙައްމަދު އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމު ހިމަނައިގެން 6 ޓީމާއެކު، މި މަހު 18 އިން 22 އަށް ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ސްރީލަންކާ އަދި ޕާކިސްތާނު ގޮސްފައިވާއިރު، މިރޭ މި މުބާރާތުގެ ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!