ހއ. ބާރަށު މަސްޖެޓީ އާއި މިހާރު ލަފާފުރުމަށް ބޭނުން ކުރަމުންގެންދާ ޖެޓީގެ މަރާމަތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު ސަރުކާރާއި ހަވާލުކުރެވިފައިވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝުޖާއު މިހެން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެއެވެ.

Ad
rt

އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވަނީ، ޑެންމާކް އެމް.ޓީ ހޯގަރޑް ކުންފުނީގެ ސީ.އެސް.އަރ ގެ ދަށުން ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރި ބާރަށު މަސްޖެޓީ އާއި، މިހާރު ލަފާފުރުމަށް ބޭނުން ކުރަމުން ގެންދާ ޖެޓީގެ މަރާމާތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު މިހާރު ސަރުކާރާ ހަވާލުކޮށްފި ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ 2 މަޝްރޫޢުއެއްކަމަށް ފާހަގަކުރަމުން ޝުޖާއު ވިދާޅުވީ ދެން ކުރިއަށް އޮތީ މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ. އަދި އެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

‘’މި މަސައްކަތް ކުރެވިގެންދާނީ ރައްޔިތުން އުންމީދު ކުރާވަރަށް ވުރެ ފުރިހަމަކޮށްކަން ފާހަގަކުރަން. މަސްވެރިންގެ ޖެޓީ ވަރަށް ނަލަ. ވަޞީލަތްތައް ވަރަށް ފުރިހަމަ.’’ މެންބަރު ޝުޖާއު ވިދާޅުވެފައިވެއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން، މިހާރު ލަފާފުރުމަށް ބޭނުންކުރާ ޖެޓީގެ މެރީނާ ބައި ކޮންކްރީޓް އަށް ބަދަލުކުރުމަށް ވަނީ ހިމަނާފަކަމަށެވެ.

މީގެ އިތުރުން އެމްޑީޕީ ވެރިކަން ނިމުނު މި ޖެޓީ އޮތީ ވަރަށް ބޮޑަށް މަރާމާރަށް ބޭނުން ވެފައިކަމަށާއި، އެ ވެރިކަމުގައި އެއްވެސް މަރާމާތެއް ކޮށްފައިނުވާކަމާށް ޝުޖާއު ފާހަގަކުރައްވާފައިވެއެވެ.