މިއިޢިލާނުގައި އިތުރަށް ބުނެފައިވަނީ ކައުންސިލްގެ އިދާރާއިން 11 ފެބްރުވަރީ 2020 ގައި ޢާއްމު ކުރެވިފައިވާ ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން، ގުރުއަތު ނެގުމަށް ޙާޟިރު ނުވެވޭ ފަރާތެއްވާނަމަ، ބަދަލުގައި ފޮނުވާ ފަރާތުން ގުރުއަތު ނެގުމާމެދު އިޢުތިރާޒު ނުކުރާކަމުގެ ސިޓީ އާއި އައިޑީކާޑް ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލާއި އަދި ކޮޕީ ގެންނެވުން އެދޭކަމަށެވެ.
ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބާއްވަނީ
ޔުމްނާ ޢަލީ
15:57
ޚުލާޞާ
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބޭއްވުމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ނިންމައިފިއެވެ. މިއަދު އެއިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާ...
ބައިތައް
ތިލަދުންމަތީ ޚަބަރު
ޓެގްތައް
#ހއ. ދިއްދޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!