ހއ. މުރައިދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޭސްޓްރީ ކޯސް، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި އަންނަ އޮކްޓޯބަރ މަހު ބާއްވަން ހަމަޖެހިފައިވާ މި ކޯހާއި ގުޅިގެން މުރައިދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
އެގޮތުން މި މަސައްކަތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށް ކަމަށް މުރައިދޫ ކައުންސިލުން ބުނެފައިވެއެވެ.
މި މަސައްކަތައް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުމަށްފަހު، 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން މުރައިދޫ ކައުންސިލް އިދާރާގެ އީމެއިލް procurement@muraidhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް އެ އިދާރާއިން އެދިފައިވެއެވެ.
މީގެ އިތުރުން މުރައިދޫ ކައުންސިލުން އާއްމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތުގެ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހު މެންދުރު 1 ޖަހާއިރު މުރައިދޫ ކައުންސިލް އިދާރާގައި ކަމަށެވެ.
މިގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައިކަމަށާއި، ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށް އެދި މުރައިދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!